ހިރިލަންދޫ ޞިއްޙީ މަރުކަޒު، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ENROLLED NURSE
ބޭނުންވާ އަދަދު :1

މި މަރުކަޒަށް ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމު

އެންރޯލްޑް ނާރސް

މަޤާމުގެ ނަންބަރު

J-276719

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.4

މަޤާމުގެ ކްލެސިފިކޭޝަން

އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ކިއުރޭޓިވް

މަޤާމު އޮތް އޮފީސް

ކޮޅުމަޑުލު ހިރިލަންދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ކޮޅުމަޑުލު ހިރިލަންދޫ ޞިއްޙީ މަރުކަޒު

މުސާރަ

-/5020 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4.  ހަމަޖެހިފައިވާ އުސޫލުން " ކޯ އެލަވަންސް" ތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް، ބަލިމީހުންގެ ހައްޤުތަކަށް ރައްކާތެރިވެ، އިޙްތިރާމައި ލޯތްބާއެކު ޒިންމާދާރު ނަރސިންގް ކެއަރއެއްދިނުން.

 

  1. ނަރސިންގ ކެއަރއަށް ބޭނުންވާ ސެޓަޕް ތައްޔާރުކޮށް އެއްޗެއް މަދުވާނަމަ މެނޭޖްމެންޓާ ވާހަކަ ދައްކައިގެން އެ އެއްޗެއް ހޯދުމަށް މަސައްކަތްކުރުން
  2. ބަލިމީހުން ރިފަރ ކުރާ ހާލަތްތަކުގައި ބަލިމީހުން ގޮވައިގެން ދާންޖެހިއްޖެނަމަ ދިއުން
  3. މަރުކަޒުގެ ފަރާތުން ސިއްޙީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމްތަކުގައި އަމަލީ ގޮތުން ބައިވެރިވުން
  4. މުއައްޒަފުން މަދު ވަގުތުތަކުގައި ބަލިމީހުންނަށް ބޭސްސިޓީ ހެއްދުމާއި ޑޮކްޓަރަށް ތަރުޖަމާ ކޮށްދިނުން
  5. ބޭނުންކުރާ ކޮންސިއުމަބްލްސް އައިޓަމްތައް ބޭނުންކުރުމުގައި އިސްރާފު ނުކުރުމާއި، ރިޕްލޭސް ކުރަންޖެހޭ ތަކެތި ހޯދުމަށް ބާރުއެޅުން
  6. ވޯޑަކީ ބަލިމީހުންނާއި އެހީތެރިންނަށް ހަމަހިމޭން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ތަނުގައި ހެދިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބަލީމީހުންނާއި އެހީތެރިންނަށް ނަޞޭހަތްދިނުމާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން
  7. ބަލިމީހުންގެ ހައްޤުތަކަށް ރައްކާތެރިވެ، ސިއްރުތައް ހިފެހެއްޓުން
  8. ސިއްހީ ދާއިރާގެ ގާނޫންތަކައި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އެ ގާނޫންތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން
  9. މަރުކަޒަށް އެކިބޭނުންތަކުގައި އަންނަ މީހުންނާއި ހިތްހެޔޮކަމާއި އިހްތިރާމާއި އެކު މުއާމަލާތުކުރުމާއި، އެ މީހުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އެހީތެރިވުން
  10. ކޯލް ޑިއުޓީތަކަށް ސަމާލުކަން ދިނުމާއި މަރުކަޒުން ގުޅަން ބޭނުންވާ ހާލަތްތަކުގައި ފޯނަށް ޖަވާބުދިނުން

       12.  މުއައްޒަފުންގެ އެއްބައިވަންތަކަމަށް މަސައްކަތްކުރުމާއި، މަސްލަހަތު ގެއްލޭފަދަ އެއްވެސް ވާހަކައެއް ނުދެއްކުމާއި، މަރުކަޒުންދެވޭ ޚިދުމަތްތަކާއި މުއްޒަފުން ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް ނުދެއްކުމާއި އެފަދަ ކަމެއް ނުކުރުން

މަޤާމުގެ ޝަރުތުތައް

  1. ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓް އެއްގައި ނާރސް އެއިޑް ކޯސް ފުރިހަމަ ކޮށްފައިވުން ނުވަތަ އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގް ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން

 

ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ނޯޓް: ލިޔުންތައް ހުށަހަޅާއިރު، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރޭޝަންގެ ކޮޕީއާއި، ހަމަ އެ ކައުންސިލުން ދޫކޮށްފައިވާ ޕްރެކްޓިސިންގ ލައިސަންސްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓް   http://health.gov.mvއިން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 މަރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހިރިލަންދޫ ޞިއްޙީ މަރުކަޒަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 މަރޗް 1 އާއި 2018  މަރޗް 10 އާދެމެދު ހިރިލަންދޫ ޞިއްޙީ މަރުކަޒު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މިއިޢުލާނާއިގުޅިގެންމަޢުލޫމާތުސާފުކުރެއްވުމަށްގުޅުއްވާނީ ރަސްމީ ގަޑީގައި 6780532 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ[email protected]އެވެ.

20 ފެބުރުވަރީ 2018
ހޯދާ