މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ ނަރުދަމާގެ ހައުސް ކަނެކްޝަން އެޅުމާބެހޭ

ނަރުދަމާގެ ހައުސް ކަނެކްޝަން އެޅުމާބެހޭ

 

            މިރަށުގައި ޤާއިމްކުރާ ނަރުދަމާނިޒާމްގެ ހައުސްކަނެކްޝަން އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށްއެދި ފޯމު ހުށައެޅުމަށް ހުޅުވާލެވުނު މުއްދަތުގައި، ތަފާތު ސަބަބުތަކާހުރެ ގިނަފަރާތްތަކަށް ފޯމު ހުށައެޅިފައި ނުވާތީ އެފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

      ވީމާ ނަރުދަމާ ނިޒާމްގެ ހައުސްކަނެކްޝަށް އެޅުމަށް ކުރިންދެވުނު މުއްދަތުގައި ފޯމު ހުށައަޅާފައިނުވާ ފަރާތްތަކުން 06 މާރޗް 2018 ވާ އަންގާރަ ދުވަހުގެ 13:30 ކުރިން، ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމް ކައުންސިލް އިދާރައިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

          19 ފެބްރުއަރީ 2018

19 ފެބުރުވަރީ 2018
ހޯދާ