ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަމުގައި ތަކެތި ވިއްކާލުމާއި ބެހޭ؛

ކޯޒްވޭ އަށް ދިއުމަށްޓަކައި ހަދާފައިވާ ވަގުތީ މަގުން ނެގިފައިވާ ރުއްތައް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަމުގައި ބައިވެރިވެވޭނީ 2018 ފެބުރުވަރީ 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ނީލަމުގައި ބައިވެރިވުމަށް އެދި މިއިދާރާއަށް ޙާޟިރުވެ، ނީލަމުގެ ޙާޟިރީގައި ސޮއިކުރާ ފަރާތްތަކަށް އެކަންޏެވެ. ގަޑި ޖެހިގެން އަންނަ ފަރާތްތަކަށް މިނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މި ރުއްތަކުގެ ނީލަންކިޔުން އޮންނާނީ، 2018 ފެބުރުވަރީ 25 ވަނަ ދުވަހުގެ 11:00 ގައި އެ ސަރަހައްދު (ކޯޒްވޭ އަށް ދިއުމަށް ހެދިފައިވާ ވަގުތީ މަގު) ގައެވެ.

  • ނީލަން ފެށޭ އަގަކީ ރުކެއް 20 (ވިހި) ރުފިޔާ އަށެވެ.

ނީލަމުން ނަގާ ތަކެއްޗަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން ގިނަވެގެން 03 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. މި މުއްދަތުގައި ނީލަމުން ތަކެތި ނެގިފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތިން ހުށަހެޅިފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލައި ތަކެތި ދޫކުރެވޭނެއެވެ.

ނީލަން ކާމިޔާބު ކުރުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކަށް މީގެ ފަހުން މިއިދާރާއިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2018
ހޯދާ