ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ފައްތިޔާ އަޅައިދިނުމާއި ގުޅޭ

މި އިދާރާގެ ނަންބަރު: (IUL)417-CA/417/2018/8 (18 ޖެނުއަރީ 2018) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑު ކަމަށް ފެންނާތީވެ، އެ އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

މި ކައުންސިލް އިން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި ފައްތިޔާ އެޅުމަށްޓަކައި ހަދާފައިވާ ކޮންކްރީޓު ބުޑުތައް ބަނދަރުގައި އަޅައިދިނުމުގެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2018 ފެބްރުއަރީ 22 ވަނަ ދުވަހުގެ 10:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ފެބްރުއަރީ 26 ވަނަ ދުވަހުގެ 10:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މަތީގައިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމް ގައެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. ވިޔަފާރީ ރަޖިސްޓްރީކޮށްފައިވާ ފަރާތްނޫން އެހެންފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާނަމަ އެފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

18 ފެބުރުވަރީ 2018
ހޯދާ