ދިވެހިރާއްޖެ
އިޢުލާން
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ވެއިޓިންގ އޭރިޔާގައި 12000 ބީ.ޓީ.ޔޫގެ 01 އެއަރކަންޑިޝަން އަދި ކޮންފަރެންސް ރޫމްގައި 12000 ބީ.ޓީ.ޔޫގެ 01 އެއަރކަންޑިޝަން ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް މިކޯޓުން ކުރި ނަންބަރު: D12C-A/2018/1 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ފެބްރުވަރީ 22 ވަނަ ދުވަހުގެ 11:00 އަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 މާރިޗު 01 ވަނަދުވަހުގެ 11:00އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
02 ޖުމާދަލްއާޚިރު 1439