އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރުމާ ގުޅޭ

މިކައުންސިލުން އދ.ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރުން 2018 ފެބުރުއަރީ 24 ވަނަ ދުވަހުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން 2018 ފެބުރުއަރީ 24 ވާ ހޮނިހިރު ދުވަހުގެރޭ 20:45 ގައި ބާއްވާ މިބައްދަލުވުމަށް އދ. ހަންޏާމީދޫގެ އެންމެހާ ރައްޔިތުންނަށް ދައުވަތުއަރުވަމެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަންޏާމީދޫ ޕްރީސްކޫލުގައެވެ.

 

ބައްދަލުވުމުގެ އެޖެންޑް

  • ވޭތުވެދިޔަ އަހަރު ކައުންސިލް ހިގައިދިޔަގޮތް ރައްޔިތުންނާ ހިއްސާކުރުން.
  • ވޭތުވެދިޔަ އަހަރު ކައުންސިލްގެ މާލީ ހިސާބު ރައްޔިތުންނާ ހިއްސާކުރުން.
  • މަޢުޟޫއާ ގުޅޭގޮތުން ސުވާލާއި ޖަވާބު.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ފެބުރުވަރީ 2018
ހޯދާ