ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކުންފުނީގެ ހިންގާ ޤަވާޢިދަށް އިސްލާޙް ގެނައުމާބެހޭ

            އިޢުލާން

ކުންފުނީގެ ހިންގާ ޤަވާޢިދަށް އިސްލާޙް ގެނައުމާބެހޭ؛

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ ހިންގާ ޤަވާޢިދު އިސްލާޙްކުރުމަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ވަނީ ނިންމަވާފައެވެ. މިގޮތުން ހިންގާ ޤަވާޢިދަށް ގެނައުމަށް ހުށަހަޅާ އިސްލާޙްތައް ކުންފުނީގެ ވެބްސައިޓް www.sto.mv ގައި މިހާރު ވަނީ ޝާއިޢުކުރެވިފައެވެ. އަދި މިއިސްލާޙްތަކުގެ ކޮޕީ ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާޙްތަކަށް ކޮމެންޓްކުރައްވަން ބޭނުންފުޅުވާ ޙިއްޞާދާރުން، 2018 މާރިޗް 04 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓް އެންޑް ލީގަލް އެފެއާޒަަށް އެޑްރެސްކުރައްވާ ލިޔުމަކުން ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ. ފެކްސްގެ ޒަރިއްޔާއިން ފޮނުވާނަމަ 3344533 ނަންބަރު ފެކްސްއަށް، އަދި އީމެއިލްގެ ޒަރިއްޔާއިން ފޮނުވާނަމަ [email protected] އީމެއިލް އެޑްރެހަށް ފޮނުއްވުން އެދި ދަންނަވަމެވެ.

ވީމާ، މިކަން އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޚްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

 

 

18  ފެބުރުއަރީ 2018

18 ފެބުރުވަރީ 2018
ހޯދާ