ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދުން

ނަންބަރު: IUL)196-C/1/2018/14)

އިޢުލާން

މި އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މިއޮފީހުގެ ބޭނުމަށް ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫގައި ހުރި ޢިމާރާތެއް މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ފ. ނިލަންދޫއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2018 ފެބުރުވަރީ 21 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ފެބުރުވަރީ 28 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު، މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

29 ޖުމާދަލްއޫލާ 1439

15 ފެބުރުވަރީ 2018
ހޯދާ