ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 މަޤާމް :

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ      

 މަޤާމް ނަންބަރު :

 J-293674   

 ބޭނުންވާ ޢަދަދު:

 1  

 މަޤާމުގެ ގިންތި:

 ދާއިމީ

 ރޭންކް:

 އެމް.އެސް 2

 ކްލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ ގްރޭޑް 2

 ސެކްޝަން:

 އެޑްމިނިސްޓްރޭޓިވް ސެކްޝަން

 މަޤާމު އޮތް އޮފީސް:

 ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / މާލެ.

 މުސާރަ:

 -/ 6295 ރުފިޔާ ( ހަހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ)

 ސަރވިސް އެލަވަންސް:

 -/ 2000 ރުފިޔާ  (ދެހާސް ރުފިޔާ)

 އިތުރު އިނާޔަތްތައް:

  1. ސިވިސްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލެވަންސް (އަސާސީ މުސައިރާގެ %35 )  

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

 1-        އޮފީސް އިމާރާތާއި ގުދަން ބެލެހެއްޓުން އަދި ގުދަނަށް ތަކެތި ގެންދިއުމާއި ގެނައުން

 2-        އޮފީހުގެ ޕިއޯނާ އަދި މަސައްކަތު މީހުންލައްވާ އެމީހުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި ސްޕަވައިޒްކުރުން.

 3-        އޮފީހުގެ އެސެޓްސްގެ މަރާމާތުގެ ކަންތައް ބެލެހެއްޓުން

 4-        އޮފީހުންކުރާ ރަސްމީދަތުރުތަކުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން 

 5-        އަތޮޅުތަކަށް ފޮނުވަންޖެހޭ ކާޑުތަކާއި އަދި މިނޫންވެސް ތަކެތި ފޮނުވައި ގެނައުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން

 6-        އޮފީސް ތަކުން ހަދަން ހުށަހަޅާ ކާޑުތައް ހެދުމުގެ މަސައްކަތް ކުރުން

 7-        ޕްރިންޓް ރޫމް އިން ޑިސްކާޑު ކުރުމަށް ގެންނަ ކާޑުތައް ޗެކްކޮށް ޑިސްކާޑު ކުރުމުގެ ކަންތައް ބެލެހެއްޓުން

 8-        އޮފީހުން ނީލަމަށް ލާންޖެހޭ ތަކެތި  ފޮނުވުމުގެ ކަންތައްތައް ބެލެހެއްޓުން 

 9-        އޮފީސް މަރާމާތުކޮށް މެއިންޓެނެންސްގެ ކަންތައް ބެލެހެއްޓުން

 10-     އޮފީސް ހުޅުވާ ލެއްޕުން

 11-     އޮފީހުން ހިންގާ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 12-     ޙަވާލުވެފައިވާ މަސައްކަތާގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު ތައްއަދާކުރުން.

 13-     ޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 މަޤާމުގެ ޝަރުތު:

  1. މެނޭޖްމަންޓް ނުވަރަ އެޑްމިނިސްޓްރޭޝަން ގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މެނޭޖްމަންޓް ނުވަރަ އެޑްމިނިސްޓްރޭޝަން  ދާއިރާ އެއްގައި 4 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މެނޭޖްމަންޓް ނުވަރަ އެޑްމިނިސްޓްރޭޝަން ގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މެނޭޖްމަންޓް ނުވަރަ އެޑްމިނިސްޓްރޭޝަން  ދާއިރާ އެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. މެނޭޖްމަންޓް ނުވަރަ އެޑްމިނިސްޓްރޭޝަން ގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  4. މެނޭޖްމަންޓް ނުވަރަ އެޑްމިނިސްޓްރޭޝަން ގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި ގުޅުން ހުރި އެހެން ދާއިރާ އަކުން ލެވެލް 5 ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލް ކޮށްފައިވުން.

 

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް   ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ތަޖުރިބާ
  2. ލިބިފައިވާ އެހެނިހެން ހުނަރު
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން 

 ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭފޯމް (މިފޯމު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ކައުންޓަރުންނާއި ވެބްސައިޓް www.dnr.gov.mv އިން ލިބެން ހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭނޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތައުލީމި ސެޓްފިކެޓް ތަކުގެ ކޮޕީ.

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން މަތީތަޢުލީމުދޭ   މަރުކަޒުން  ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ  ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން   ހިންގާ  ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި   ފެންވަރެއްގައި ގަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް   ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރެއިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

  1. ފުރިހަމަ ކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިން އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކަށް ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 (ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާ އަދާކުރިމުއްދަތާއި ކުރި   މަސައްކަތް އަދި މަސައްކަތް ކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

 މަޤާމަށް އެދެންވީ ގޮތާޢި ސުންގަޑި:  

 ވަޒީފާއަށް އެދޭ ފޯމް  މި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ކައުންޓަރުންލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައާޅާނީ  27 ފެބުރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް   އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަން ޖެހޭ ހުރިހާ ލިޔުންތައް   ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލު ކުރެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 01 މާރިޗް 2018 ން 08 މާރިޗު 2018  އާ ދެމެދު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގައި   އޮންނާނެއެވެ. ވުމާއެކު މިވަޒީފައަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

 ޝޯޓް ލިސްޓްކުރުން:

 މިވަޒީފައަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ   ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ   ކްރެޓީރިއާގެ ހުރިހާ ބަޔަކުން އެންމެ   ދައްވެގެން  ލިބެންޖެހޭ ޖުމްލަ އިންސައްތަ

 މިމަޤާމަށް މީހަކު ހޮވުމަށް ކަނޑައެޅިފައިވާ ކްރެޓީރިއާގެ ހުރިހާ ބަޔަކަށް އެންމެ ދައްވެގެން %30 (ތިރީސް އިންސައްތަ) ލިބެން ޖެހޭނެއެވެ.

 އިތުރު މަޢުލޫމާތު:

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323815 ނަންބަރާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. މެއިލް ކޮށްގެން ހުށައަޅާ   ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ  މެއިލް ކުރާ ފަރާތުގެ ޒިންމާއެކެވެ.  

15 ފެބުރުވަރީ 2018
ހޯދާ