އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢްލާން

މިރަށު ބަނދަރު އިރުމަތީ ކޮޅުން ފެރީ ޕާކްގެ ކުރިމަތިން 20 ފޫޓް ދިގު 10 ފޫޓް ފުޅާ ބިމެއް ތެޔޮ ތެޔޮޓޭންކް ބަހައްޓައިގެން ވަގުތީގޮތުން ތެޔޮ ވިއްކުމުގެ ވިޔަފާރިކުރުމަށް މީލާދީ 2 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.  

            މިބިން ކުއްޔަށް ނަންގަވާ ފަރާތުން ތެޔޮ ވިއްކުމުގެ މަސައްކަތްފިޔަވާ އެހެން އެއްވެސް މަސައްކަތެއް މިބިމުގައި ކުރުމަކީ މަނާކަމެކެވެ. އަދި ބިން ދޫކުރެވޭ މުއްތަތު ހަމަވުމުން ބިމުން ނަގައިގެން ނުގެންދެވޭނެ އެއްވެސް އިމާރާތެއް ކުރުމަކީ މަނާކަމެކެވެ.

            މިބިންކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ ބިޑްތައް އިވެލުއޭޓް ކުރުމަށް މާކްސްދެވޭނެ އުޞޫލް ތިރީގައި އެވަނީ އެވެ.

-          މީލާދީ މަހަކަށް އެންމެ ބޮޑު ބިމުކުއްޔެއް ހުށަހަލުއްވާ ފަރާތަކަށް 90 މާކްސް (ހުށަހެޅުނު ކުލި ގެއްލަން އެންމެ ބޮޑު ކުލި ގުނަކުރަން 90)

-          ބިން ހަވާލުކުރެވޭތާ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ތެޔޮ ވިއްކުމުގެ މަސައްކަތް ފެށުމަށް ހުށަހަޅާ ފަރާތަށް 10 މާކްސް (ހުށަހެޅުނު އެންމެ ކުޑަ މުއްދަތު ގެއްލަން ހުށަހެލުމު މުއްދަތު ގުނަކުރަން 10)

            ވީމާ މި ބިން ކުއްޔަށް ހިއްޕަވަން އެދިލައްވާ ފަރާތްތަކުން 22 ފެބްރުއަރީ 2018 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް ބިންކުއްޔަށް ހިފުމަށްއެދި ސިޓީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދި ދައުވަތު އަރުވަމެވެ. ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ ސިޓީގައި ބިން ކުއްޔަށް ހިފުމަށް މީލާދީ މަހަކަށް ހުށަހަޅުއްވާ ކުލި އަދި ބިން ހަވާލުކުރެވޭދު ވަހުންފެށިގެން ތެޔޮ ވިއްކުމުގެ ހިދުމަތް ދޭންފަށާނެ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ސިޓީ އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި "ތެޔޮ ވިއްކާ ބިން ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.  

15 ފެބުރުވަރީ 2018
ހޯދާ