ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ ގުޅީފަޅަށް ބޭނުންވާ ލަކުޑި ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް އަގު ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން:
މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 20 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ.
ކޯޓޭޝަން ހުޅުވުން:
ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހު 11:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) ގައި، ކޯޓޭޝަން ހުށްހަޅުއްވާ ފަރާތްތްކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަނެއް ބާތިލްކުރެވޭނެއެވެ.
ކޯޓޭޝަން ހުށަހަޅަންވާނީ އެމް.ޑަބްލިޔު.އެސް.ސީ އިން ދޭ ބީ.އޯ.ކިޔު ގަ، ބަންދުކުރެވިފައިވާ ސިޓީއުރައިގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް
" ލަކުޑި ފޯރުކޮއްދިނުން"
ވީމާ، މިތަކެތި ސަޕްލައިކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 20 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 25 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހު 11:00 އަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް