މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ކޮންޓްރެކްޓް އުޞޫލުން އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރުމަށް މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

މަޤާމް

ސީނިއަރ ލޯންޗް ކެޕްޓަން

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/6950 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށް އަދި އެންޑޯޒްކުރުމާއެކު 20 މީޓަރުންމަތީގެ އެތެރޭގެ އިންޖީނު އެޅިތަކެތި ދުއްވުމުގެ ލައިސަންސް އޮތުން.

ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ،ޑީގެ ލައިސަންސް ލިބިފައިވުން.

ކަނޑުމަތީ އުޅަނދުފަހަރުގައި ހިމެނޭ މެޝިނަރީޒް އަދި އިކްވިޕްމަންޓްސްތަކުގެ އާދައިގެ ކަންތައްތައް ހައްލުކުރަން އެނގުން.

ޕެޓްރޯލް އަދި ޑީސަލް އިންޖީން އެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ 10 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

އިނގިރޭސިބަހުން ލިޔެފައިހުންނަ ތަކެތި ލިޔަން ކިޔަން އެނގުން.

ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މިދާއިރާގައި ލޯންޗް ކެޕްޓަނެއްގެގޮތުން 12 އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއެކު ޙާޒިރީއާއި އަޚްލާޤު ރަނގަޅުވުން.

މަޤާމް

ފަޅުވެރި

ބޭނުންވާ ޢަދަދު

5

މުސާރަ

(މަހަކު) -/4465 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.

ސަޕޯޓް ސްޓާފް ގްރޭޑް 2 މަޤާމުގައި ލޯންޗް ފަޅުވެރިއެއްގެ ގޮތުން މަދުވެގެން 2 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ބަންދުދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ކޮއްތު އެލަވަންސްއާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުޞޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ، 2018 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

27 ޖުމާދަލްއޫލާ 1439

13 ފެބުރުވަރީ 2018
ހޯދާ