ދިވެހިރާއްޖެ
މަޤާމް : |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރ : |
J-257007 / J-145720 |
ބޭނުންވާ ޢަދަދު : |
02 |
މަޤާމުގެ ގިންތި : |
ދާއިމީ |
މަޤާމުގެ ރޭންކް : |
ޖީ.އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން : |
އޮފިސަރ ގްރޭޑް 1 |
ސެކްޝަން : |
އެޑްމިން |
މަޤާމް އޮތް އޮފީސް : |
ހިތަދޫ ސްކޫލް |
ވަޒީފާ އަދާކުރަންޖެހޭ ތަން : |
ހިތަދޫ ސްކޫލް ، ސ.ހިތަދޫ |
މުސާރަ : |
4465.00ރުފިޔާ ( މަހަކު ) |
ސަޕޯޓިންގ ކޯ އެލަވަންސް 2 : |
700.00ރުފިޔާ ( މަހަކު ) |
ސަރވިސް އެލަވަންސް : |
1500.00ރުފިޔާ ( މަހަކު ) |
އިތުރު ޢިނާޔަތްތައް : |
1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4. އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް. |
ދާއިރާ : |
- އެޑްމިނިސްޓްރޭޝަން - މެނޭޖްމެންޓް - އިންފޮމޭޝަން ޓެކްނޮލޮޖީ - ހިއުމަން ރިސޯސް މެނޭޖްމެންޓް |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :
|
1.މުވައްޒަފުންގެ ޙާޟިރީ ސިސްޓަމުންނާއި ފޮތުން ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގަ ގަޑީލާރި ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓްސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރު ކުރުން. 2.މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ ސިޓީ ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން.އަދި ސްކޫލަށް ބޭނުންވާ މަޤާމްތައް އުފެއްދުމަށާ އިޢުލާން ކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވުމަށާއި މަޤާމްތަކަށް އިޢުލާންކޮށް މުއްދަތު ހަމަވުމުން އިންޓަރވިއު ފޯމްތައް ތައްޔާރުކޮށް ، އިންޓަރވިއު ނިމުމުން ވަޒީފާ ހަމެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު، ވިއުގާގެ ތެރެއިން ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ކުރުން، ލިޔުންތައް ފައިލުކުރުން. 3.ސިވިލްސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމުތައް އަހަރު ފެށޭއިރު ސުޕަރވައިޒަރުންނާއި ޙަވާލުކުރުމާއިއެކު ޓާރގެޓް ކަނޑައެޅުނު މިންވަރުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.އަދި އަހަރު ނިމުމުން ފުރިހަމަ ކުރެވިފައިވާ ފޯމްތައް ޕާރސަނަލް ފައިލުގައި ފައިލުކުރުމަށްފަހު ފޯމް ފުރިހަމަކުރި ގޮތުގެ ރިޕޯރޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.އަދި ފޯމުތައް ވިއުގާގެ ތެރެއަށް އަޅަން ޖެހޭ މުއްދަތުގެ ތެރޭގައި އެޅުމުގެ މަސައްކަތް ކުރުން. މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުގެ މަތިން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައިލިޔެ ފުރިހަމަކުރުން. 4.ސްކޫލަށް ލިބޭ ސިޓީފަދަ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީ ކުރުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން. އަދި ދުވަހުން ދުވަހަށް ސްކޫލްގެ މެއިލްތައް ޗެކްކުރުމާއިއެކު މެއިލްގެ ޒަރީޢާއިން ސްކޫލަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް އަވަސްތަކެތި ވަގުތުން ވަގުތަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ، ޖަވާބުދޭންޖެހޭ ލިޔުންތަކަށް އިސްވެރިޔާގެ ލަފާގެމަތިން، މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ދިނުން. 5.މެއިން ރަޖިސްޓްރީ އާއި ކްލާސްލިސްޓް ބެލެހެއްޓުން.މިގޮތުގެ މަތިން ސްކޫލަށް ވަންނަ ކުދިންނާއި ވަކިވާ ކުދިންގެ މަޢުލޫމާތު ދުވަހުން ދުވަހަށް ފޮތުގައި ލިޔެ ކޮމްޕިއުޓަރގައި ހުންނަ ލިސްޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއެކު ސްކޫލަށް ވަންނަ /ވަކިވާ ކުދިންގެ މަޢުލޫމާތު ސުޕަރވައިޒަރުންނަށް ދިނުމަށް ފަހު ދަރިވަރުންގެ މަޢުލޫމާތު ފައިލުތައް ބެލެހެއްޓުން. 6.ސްކޫލުން ވަކިވާން އެދޭ ކުދިންގެ ލީވިންސެޓްފިކެޓް ، ބެލެނިވެރިޔާ އެކަމަށް އެދި ސިޓީ ހުށަހަޅާތާ 3ދުވަހުގެތެރޭގައި ނިންމާފަ ބެލެނިވެރިޔާއާއި ޙަވާލުކުރުމަށްފަހު ކޮޕީ ފައިލު ކުރުން.އަދި ގްރޭޑް 10 ނިންމާ ކުދިންގެ ލީވިންސެޓްފިކެޓް އެއަހަރެއްގެ ޑިސެމްބަރ މަސް ނިމުމުގެކުރިން ނިންމާފައި ބެލެނިވެރިންނަށް ދޫކުރުމުގެ ކަންތައް ހަމަޖެއްސުމަށްފަހު ކޮޕީތައް ފައިލުކުރުން. 7.ސްކޫލްގެ އިންވެންޓްރީ ދުވަހުން ދުވަހަށް ބެލެހެއްޓުން.އެގޮތުގެ މަތިން ސްކޫލަށް ލިބޭ ހަރުމުދާތައް ބަލައިގަނެ ނަންބަރުޖަހާ އިންވެންޓްރީއަށް ނެގުމަށް ފަހު އިންވެންޓްރީގައި ހިމެނޭ ތަކެތީގެ ތެރެއިން ބޭނުން ނުކުރެވޭ ތަކެތި އެޑިޔުކޭޝަންގެ ހުއްދަ އާއިއެކު ނައްތާލުން، އަދި ނީލަންކިޔަން ޖެހޭ ތަކެތީގެ ލިސްޓް އެޑިޔުކޭޝަނަށް ފޮނުވައިގެން ހުއްދަ ހޯދުމަށް ފަހު އިސްވެރިޔާގެ ލަފާގެ މަތިން ނީލަންކިޔުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުން. 8.ގްރޭޑް 10،9،8،7 ގެ ސުޕަރވައިޒަރުން ޙަވާލު ކުރާ ލިޔެކިޔުންތައް ނިންމަންޖެހޭ ގަޑިއަށް ތައްޔާރުކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލު ކުރުން.މިގޮތުގެމަތިން ޓީޗަރުންގެ ނޯޓިސްތައް ތައްޔާރުކޮށް ސޮއި ކުރުވުމަށްފަހު ފައިލު ކުރުމާއި ، އިތުރު ޙަރަކާތްތަކާއި ގުޅިގެން ކުދިންނަށް ދޭންޖެހޭ ސްލިޕްތައް ގަޑިއަށް ނިންމުމަށްފަހު ކުދީންނާ ޙަވާލުކުރުމަށް ކްލާސްޓީޗަރާއި ޙަވާލުކުރުން އަދި އިތުރު ޙަރަކާތްތަކާއި ގުޅިގެން ލިޔަންޖެހޭ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ކޮޕީތައް ފައިލުކުރުން. މީގެ އިތުރުން ގްރޭޑް 10ގެ ކުދިންގެ އޯލެވެލް އެޕްލިކޭޝަން ފޯމްްގެ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ނިންމުމާއިއެކު އޯލެވެލް ނިންމާ ކުދިންގެ އޯލެވެލް،އެސް.އެސް.ސީ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު ބަލަހައްޓާ، ސެޓްފިކެޓްތައް ދޫކުރުން. 9.ސްކޫލްގެ ދަރިވަރުންނަށް ދެވޭ ޓެކްސްޓް ފޮތާއި ފޮތްލިސްޓް ވައުޗަރގެ ކަންތައްތައް ބެލެހެއްޓުން.މިގޮތުން އަހަރުފެށޭއިރު ކުދިން ތިބޭނެކަމަށް ލަފާކުރާ ޢަދަދު މިނިސްޓްރީގެ ކަމާބެހޭ ސެކްޝަނަށް ފޮނުވައިގެން ޓެކްސް ފޮތްތަކާއި ފޮތްލިސްޓް ވައުޗަރ ހޯދުމާއި ، ފޮތާއި ވައުޗަރުތައް ސްކޫލަށް ލިބޭތާ 7 ދުވަހުގެ ތެރޭގައި ވައުޗަރުތަކުގެ ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ބެލެނިވެރިންނަށް ފޮތާއި ވައުޗަރ ލިބޭނެ އިންތިޒާމް ހަމަޖެއްސުން.އަަދި ދޫކުރެވޭ ފޮތާއި ވައުޗަރު ތަކުގެ ރެކޯޑުތައް ފައިލުކޮށް ބެލެހެއްޓުން. 10.މުވައްޒަފުންގެ ޕާރސަނަލް ފައިލުތައް ރައްކާތެރި ކަމާއެކު ބެލެހެއްޓުމާއި މުވައްޒަފުންގެ ވަޒީފާ ތަކާއި ގުޅިގެން ސްކޫލަށް ލިބޭ ސިޓީ މެސެޖްފަދަ ތަކެއްޗާއ، މުވައްޒަފުގެ ސަލާމާއި ޗުއްޓީގެ ރެކޯރޑާގުޅޭ ލިޔުންތަކާއި އެފަދަ އެހެނިހެން ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލު ކުރުން . އަދި ވަޒީފާއާއި ގުޅިގެން ލިބޭ ލިޔެކިޔުންތަކުގެ އިތުރު ފޮޓޯކޮޕީ ބަޖެޓް ސެކްޝަނާއި ޙަވާލު ކުރުމަށް ފަހު މުވައްޒަފުގެ ޕާރސަނަލް ފައިލާއި މުވައްޒަފުންނާއި ގުޅޭ ލިޔުންތައް ފައިލުގައި ފައިލުކުރުން. 11.ބިދޭސީ މުވައްޒަފުންގެ ވިސާގެ ކަންތައްތައް ބެލެހެއްޓުން.މިގޮތުން ސްކޫލްގެ ނަމުގައި ތިބޭ މުވައްޒަފުންގެ ވިސާގެ މުއްދަތު އިތުރު ކުރުމަށް ފޮނުވާ، ވިސާ އިތުރުވުމުން ފައިސާ ދެއްކޭނެ އިންތިޒާމް މިނިސްޓްރީގެ ބިދޭސީ ޔުނިޓާއި ގުޅައިގެން ކުރިއަށް ގެންދިއުން އަދި ފައިސާ ދައްކާ ނިމުމުން، ބަޖެޓް ސެކްޝަނާއި ގުޅައިގެން ވިސާކާޑުތައް އާކުރަން ފޮނުވާ، ކާޑު އާވުމުން މުވައްޒަފުންނާ ޙަވާލުކުރުން. -މިނިސްޓްރީގެ ނަމުގައި ތިބޭ މުވައްޒަފުންގެ ވިސާގެ މުއްދަތު އާކުރުމަށް ބޭނުންވާ ފޮޓޯ އާއި ޕާސްޕޯރޓް ކޮޕީ ބިދޭސީ ޔުނިޓަށް މެއިލްއިން ފޮނުވާފައި، ވިސާ އާވެ ފައިސާ ދައްކާ ނިމުނކާޑު ނިމުމުން ވެރިންގެ މަޝްވަރާގެ މަތިން އެތަކެތި ސްކޫލަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.އަދި ކާޑު ލިބުމުން މުވައްޒަފުންނާއި ކާޑު ޙަވާލުކުރުން. 12.ސްކޫލްގެ ހުރިހާ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް އިސްވެރިޔާގެ ލަފާގެ މަތިން ތައްޔާރުކޮށް ސޮއިކުރުވައި ކޮޕީ ފައިލު ކުރުން. އަދި ވަޒީފާތަކަށް ހަމަޖެހޭ މުވައްޒަފުން ލައްވައި ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރުވައި ކޮޕީ ފައިލުކުރުން. މީގެ އިތުރުން ކޮންޓްރެކްޓް މުވައްޒަފުންނާއި ގުޅޭ ހުރިހާ މަސައްކަތެއް ކުރުން. 13.ސްކޫލްގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒަފުންގެ ކަބަޑު ތަކުގެ ތަޅުދަނޑިތައް، އަދި ކްލާސް ކަބަޑް ތަޅުދަނޑިތައް މުވައްޒަފުންނަށް ދޫކުރުމާއި ބެލެހެއްޓުން.ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފިސް ހުޅުވުން. 14.ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި އެކު ރަސްމީގަޑި ފިޔަވައި، އޮފީސް ހުޅުވުމަށް ޙަވާލު ކުރެވޭ އެހެނިހެން ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުން. 15.އިދާރީ އަދި އެކެޑެމިކް މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީގައި ތިބޭ ދުވަސްވަރު، އިދާރީގޮތުން ބެލެހެއްޓުމަށް ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން. ޙަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި އެކު އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން. 16.ސްކޫލްގެ ޕީ.އޭބީ އެކްސް އަށް އަންނަ ފޯނުތަކަށް ޖަވާބުދީ، ފޯނުކުރި ފަރާތްތަކުން ކުރާ ސުވާލުތަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން. |
މަޤާމުގެ ޝަރުޠުތައް : |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :
|
|
ހުށަހަޅަންޖެހޭ ލިޔުންތައް : |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ) (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމް ތަކުގެ ސެޓުފިކެޓު ތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެސެޓުފިކެޓް ތަކުގެ ކޮޕީ. |
ހުށަހަޅަންޖެހޭ ލިޔުންތައް : |
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދުކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި :
|
ވަޒީފާއަށް އެދޭ ( ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު ) ފޯމު ހިތަދޫ ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސްގެ (www.csc.gov.mv ) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ފެބްރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ހިތަދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު ( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން ) އޮންނާނެ ތަނާއި، މުއްދަތު : |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 ފެބްރުވަރީީ 2018 އާއި 27 ފެބްރުވަރީ 2018 އާއި ދެމެދުގެ ތާރީޚެއްގައި ހިތަދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓްލިސްޓް ކުރުން : |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ : |
30% |
އިތުރު މަޢުލޫމާތު ހޯދުން : |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6886908 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
28 ޖުމާދަލްއޫލާ 1439
ޑރ.އާސިޔަތު މުޙައްމަދު ދީދީ
ޕްރިންސިޕަލް