ދިވެހިރާއްޖެ
އެސްޓީއޯހދ.ކުޅުދުއްފުށިފިހާރައަށްބޯޓުތަކުންގެންދާމުދާބޯޓުތަކުންބާލައިގެންގެެންގޮސްއެސްޓީއޯހދ.ކުޅުދުއްފުށިފިހާރައިގެގުދަނުގައިނުވަތަފިހާރައިންއަންގާތަނެއްގައިގުދަންކުރުމުގެމަސައްކަތް 2 އަހަރުދުވަހަށްކުރާނެފަރާތެއްހޯދަންބޭނުންވެއްޖެ.
އެސް.ޓީ.އޯހދ.ކުޅުދުއްފުށިފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް 2 އަހަރު ދުވަހަށް ކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތް: އެސް.ޓީ.އޯ ހދ.ކުޅުދުއްފުށި ފިހާރައިގެ ވިޔަފާރިއަށް ގެންދާ ހިލަ، ހިލަވެލި އަދި ހިމުންވެލި ބޯޓުތަކުން ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2018 ފެބްރުއަރީ 18 ވާ ދުވަހު 0900 ގެ ކުރިން އެސް.ޓީ.އޯ ހދ.ކުޅުދުއްފުށި ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ފެބްރުއަރީ 18 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ފެބްރުއަރީ 18 ވަނަ ދުވަހު 1530 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހދ.ކުޅުދުއްފުށި ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2018 ފެބްރުއަރީ 20 ވާ ދުވަހުގެ 1000 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ފެބްރުއަރީ 21 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ފެބްރުއަރީ 25 ވަނަ ދުވަހު 1400 ގައި އެސް.ޓީ.އޯ ހދ.ކުޅުދުއްފުށި ފިހާރައިގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު:, 334411803344321
ފެކުސް: 3344633
އީމެއިލް: [email protected]
12 ފެބްރުއަރީ 2018