ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫގައި ކުނި މެނޭޖްކުރުމަށް ޕިކަޕެއް ކުއްޔަށް ހިފުމާއި ބެހޭ

           ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ 01 ޕިކަޕް ޑްރައިވަރާއި އެކު 03 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

           ވީމާ، ޕިކަޕް 03 މަސްދުވަހަށް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 20 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަހުކުލި އެގޭނެ ގޮތަށް އަގު ހުށަހެޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަގު ބަލައިނުގަނެވޭނެއެވެ. އަދި އަގު ހުށަހަޅާ ފަރާތަކީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2018
ހޯދާ