ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަލެކްޓިންގ ލޭބަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

 

 މަޤާމް:

ކަލެކްޓިންގ ލޭބަރ

ބޭނުންވާ ޢަދަދު:    05

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު) 4000/-(ހަތަރުހާސް ރުފިޔާ)

ފުޑް އެލަވަންސް (ކޮއްތު ފައިސާ)

މަހަކު 1,000/- (އެއްހާސް ރުފިޔާ)

އިތުރު އެލަވަންސްތައް:

  1. އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.
  2. ގޭބިސީތަކުން ކުނި އުކައިދިނުމުގެ ޚިދުމަތުގައި ޙަރަކާތްތެރިވާނަމަ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައާއި ކޮއްތު ފައިސާގެ އިތުރުން މަހަކު 2,000/- (ދެހާސް  ރުފިޔާ).

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 17:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލުގައި ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-    އަސާސީ ތަޢްލީމުގެ ފެންވަރަށް ތަކެތި ދަތުމާއެކު، އިނގިރޭސިބަހުން ލިޔެފައި ހުންނަ ތަކެތި ކިޔަން އެނގުން.  

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވުން. 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫގެ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރުން.
  2. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-    އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

19 ފެބްރުވަރީ 2018 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

 މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

06 ފެބުރުވަރީ 2018
ހޯދާ