ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ލަފާދިނުން

އިޢުލާން

 

މި އިދާރާއަށް ޤާނޫނީ ލަފާދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއދާރާގެ ނަންބަރު (IUL)415-HR/415/2017/25 ޢިއުލާނާއި ގުޅިގެން އެ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މަސައްކަތް:

ޤާނޫނީ ލަފާދިނުން

ބޭނުންވާ ޢަދަދު:    01

މަސައްކަތުގެ ބާވަތް:

ކޮންޓްރެކްޓް (މި މަސައްކަތަކީ ކޮންޓްރެކްޓް އުޞޫލުން 03 މަސްދުވަހުގެ މުއްދަތަށް، ކުރުމަށް ޙަވާލުކުރެވޭ މަސައްކަތެކެވެ.

މި މަސައްކަތަށް ކަނޑައެޅިފައިވާ އުޖޫރަ:  

މަހަކު 10,000/-  (ދިހަހާސް ރުފިޔާ)

މަސައްކަތްކުރަންޖެހޭ ގަޑިތައް:

އިދާރާއިން ކަނޑައަޅާ ގަޑިތަކެއްގައި.

މަސައްކަތްކުރާނޭ ގަޑިތައް މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ބަޔާންކުރެވޭނެއެވެ.

މި މަސައްކަތް ކޮށްދޭ ފަރާތުގެ ތަޢްލީމީ ފެންވަރު:

1-    ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-    ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

3-    ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަސައްކަތް ކޮށްދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ހުނަރު:

 

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ކައުންސިލުގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ރިޢާޔަތްކޮށް ކައުންސިލުގެ އިދާރާއަށް ހުށަހެޅޭ މައްސަލަތަކަށް ޤާނޫނީ ގޮތުން ލަފާދިނުމުގެ ޤާބިލުކަން ލިބިފައިވުން.

 

މަސައްކަތާއި ގުޅޭ މައިގަނޑު ކަންތައްތައް:

  1. ކައުންސިލުގެ އިދާރާއަށް ހުށަހެޅޭ މައްސަލަތަކަށް ޤާނޫނީ ގޮތުން ލަފާދިނުން.
  2. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
  3. ކައުންސިލުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަ ކުރުމަށް ޕްލޭން ހެދުމާއި ޤާނޫތަކާއި ޤަވަޢިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    މަސައްކަތްކުރުމަށް އެދި ހުށަހަޅަންޖެހޭ ސިޓީ.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    މަސައްކަތްކޮށްދިނުމަށް އެދޭ ފަރާތުގެ އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދތުތައް.

4-    އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

22 ފެބްރުވަރީ 2018 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް.

         

މި މަސައްކަތް ކޮށްދިނުމަށް 1 ފަރާތުން ކުރިމަތިލީ ކަމުގައިވިޔަސް އެ ފަރާތެއްގެ ތަޖުރިބާއަށް ބަލައި، އެ ފަރާތާއި މަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

11 ފެބުރުވަރީ 2018
ހޯދާ