ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ ސެކިއުރިޓީ

މަޤާމް :މެނޭޖަރ ސެކިއުރިޓީ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                       

މަޤާމް

މެނޭޖަރ ސެކިއުރިޓީ

އަސާސީ މުސާރަ

-/10500 ރ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

EX4

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިން އެންޑް ކޯޕަރޭޓް އެފެއާޒް

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/116.66 ރުފިޔާ

ސަޕޯރޓް އެލަވަންސް:  ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/116.66 ރުފިޔާ

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީ އެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ މުދަލާއި ވަޞީލަތްތަކާއި މުވައްޒަފުންނާއި މެހުމާނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ އެންމެހާ ޢާންމު މަސައްކަތްތައް ޢަމަލީގޮތުން ކުރުމާއި ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން ލައްވާ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތައް، (ކަންކަން ހިންގާ ތަންތަނަށް ޙާޟިރުވެވެން ހުރި ވަގުތުތަކުގައި ޙާޟިރުވެގެން ހުރެ) ޢަމަލީގޮތުން ކުރަމުން ގެންދިއުން.
  • ޤައުމުގެ މަސްލަޙަތަށާއި ޙާލަތަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، އެ ވަގުތަކަށް ބޭނުންވާ ސެކިއުރިޓީގެ ޚާއްޞަ އިންތިޒާމްތައް ކުރުމަށް އިސްނެގުމާއި އެފަދަ ޙާލަތުގައި ކުންފުނީގެ އިސް މެނޭޖްމަންޓާއި މެނޭޖްމަންޓުން ދޭ ލަފައާ އެއްގޮތަށް ސެކިއުރިޓީގެ ޚާއްޞަ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން.
  • ކުންފުނީގެ ސެކިއުރިޓީ ފޮލިސީ ތަންފީޒުކުރުމުގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދިއުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ޤައުމީ ސަލާމަތާބެހޭ މުއައްސަސާއެއްގައި މަސައްކަތްކޮށްފައިވުމާއެކު ރަނގަޅު ރެކޯޑެއް އޮތުން.
  • މަސައްކަތުގެ އަޚްލާޤްގެ ގޮތުން ރަނގަޅު ރެކޯރޑެއް އޮތުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2018 ފެބްރުއަރީ 19 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000286 އާއި ގުޅުއްވުން އެދެމެވެ.

 

                        25 ޖުމާދަލްއުލާ 1439

                        

11 ފެބުރުވަރީ 2018
ހޯދާ