ދިވެހިރާއްޖެ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރ : MGPL-ADMIN/AD/18-01
ނޫސް ބަޔާން
ޕްރޮމޯޝަން އެއްކަމަށް ބުނެ ފޯނަށް ރާސްޓަސް ފޮނުވައިދިނުމަށް އެދި
މި ކުންފުނީގެ ނަމުގައި ކުރަމުންދާ ފޯންކޯލްތަކާ ގުޅޭ
މިކުންފުނީގެ ފަރާތުން ކުރިޔަށް ގެންދާ ޕްރޮމޯޝަންއެއް ކަމަށް ބުނެ މި ކުންފުނީގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި، ދީނީ ސުވާލުތައްކޮށް އަދި ސުވާލުތަކަށް ޖަވާބުދެވޭ ފަރާތްތަކަށް ބެޑްރޫމް ސެޓް އެއް ލިބޭނޭ ކަމާއި އަދި އެފަރާތުގެ ފޯނަށް ވަކި އަދަދަކަށް ރާސްޓަސް ފޮނުވައި ދިނުމަށް އެދި ކަސްޓަމަރުން ގުޅަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ ދަންނަވަމެވެ.
މިކުންފުނީގެ ނަމުގައި ހިންގާ އެއްވެސް ޕްރޯމޯޝަން އަކާއި ގުޅިގެން އެއްވެސް ކަސްޓަމަރެއްގެ އަތުން ފައިސާ ނުވަތަ ރާސްޓަސް / ރިލޯޑް ކުރުމަށް މިކުންފުނިން ހުށަނާޅާނެ ކަމުގައި ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މިއީ، ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި ހިންގާ އަމަލެއް ކަމުގައި ބެލޭވޭތީ، މި ފަދަ ފޯންކޯލެއް ލިބިވަޑައިގެންފިނަމަ މިކުންފުނީގެ ނަންބަރ 3335614 އަށް ގުޅުއްވައި އެ ކަމުގެ މައުލޫމާތު މި ކުންފުންޏަށް ހިއްސާ ކޮށްދެއްވުން އެދެމެވެ.
11 ފެބްރުއަރީ 2018