ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދަން ބޭނުންވެއްޖެ.  

އެސްޓީއޯ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތް:             އެސްޓީއޯގެ ފިހާރަތަކަށް 01 އަހަރު ދުވަހުގެ މުއްދަތަށް ކަނޑުމަގުން މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދުން

                     އުޅަނދުގެ ބާވަތް: ލަކުޑި ނުވަތަ ފައިބަރ

                     އުޅަނދު ބަރުކުރެވޭނެ މިންވަރު/: މަދުވެގެން 1500 ބަސްތާ (50 ކިލޯގެ)

                     އުޅަނދުގެ ބޮޑުމިން: 70 – 75 ފޫޓް                                     

                    

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

މަސައްކަތުގެ މުއްދަތު:     01 އަހަރު

 

ރަޖިސްޓަރީ ކުރުން:        ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2018  ފެބްރުއަރީ 14 ވާ ދުވަހު 1000 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 

 ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ފެބްރުއަރީ 14 ވާ ދުވަސް ނިމުމުގެ ކުރިން    އީމެއިލުންނެވެ.

 

 މައުލޫމާތު ދިނުން :         ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ފެބްރުއަރީ 15 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް      އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.   

 

   ސުވާލާއި ޖަވާބު:          ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2018 ފެބްރުއަރީ 18 ވާ ދުވަހުގެ 1300  ގެ  ކުރިން  އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ފެބްރުއަރީ 19 ވަނަ ދުވަސް ނިމުމުގެކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

  ބީލަންކަރުދާސް:          ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ފެބްރުއަރީ 25 ވަނަ ދުވަހު 1430 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:     3344180، 3344321

ފެކުސް:  3344633

އީމެއިލް: [email protected]

                        11 ފެބްރުއަރީ 2018

 

11 ފެބުރުވަރީ 2018
ހޯދާ