ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.ވަށަފަރު އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާ ގުޅޭ:

ނަންބަރު: FNK-I/IUL/2018/003  

 

އިޢުލާން

 

ހއ.ވަށަފަރު އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާ ގުޅޭ:

 

                  މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.ވަށަފަރުގައި އައު އިންޖީނުގޭގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު FNK-K(T)/FNK/IUL/2017/182 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތައް އެކަށީގެންވާ ވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް، ހއ. ވަށަފަރު އައު އިންޖީންގޭގެ ނުނިމިހުރި ސިވިލް މަސައްކަތްތައް ކުރުމަށް ޝަޢުގުވެރިވެލައްވާފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

                                  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ފެބްރުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.ވަށަފަރު ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ފެބްރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 11:30އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.ވަށަފަރު ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

                              25 ޖުމާދަލް އޫލާ 1439

                               11  ފެބްރުއަރީ  2018

 

            

                          

11 ފެބުރުވަރީ 2018
ހޯދާ