މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

ނަމްބަރު:IUL)297/INDIV/2018/6)

އިޢުލާން

ވެލިދޫ ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

ވެލިދޫ ކައުންސިލަށް ރަށު ޕިކަޕެއް ހޯދަންވަނީ ބޭނުންވެފައެވެ.

ވީމާ ވެލިދޫ ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް ޕިކަޕް ވިއްކަން އެދޭ ފަރާތްތަކުން 19 ފެބްރުއަރީ 2018ވާ ހޯމަ ދުވަހު 10:00އަށް ވެލިދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު

  1. ޕިކަޕް ވިއްކަން އެދޭއަގު (ޖީ.އެސް.ޓީއާއެކު)
  2. ވެލިދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީއާއެކު)
  3. ވެލިދޫ ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށް ނިންމާދެވޭނެ އަގު (ޖީ.އެސް.ޓީއާއެކު)
  4. ވެލިދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ މުއްދަތު
  5. ވެހިކަލްއަށް ދޭ ވޮރަންޓީ

 

ޕިކަޕާބެހޭ މަޢުލޫމާތު

  • ޕިކަޕް ވާންވާނީ 2011ވަނަ އަހަރުން ފަހުގެ އުފެއްދުމަކަށެވެ.
  • ޢަދަދު: 2
  • ބަރުދަން: 1800KG
  • ތެޔޮ: ޕެޓްރޯލް

މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.  

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާރކްސް
  • މާރކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ޕިކަޕް ވިއްކުމަށާއި، ވެލިދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދިނުމަށާއި، ވެލިދޫ ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށް ނިންމުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ވޮރަންޓީ

10%

  • ވެހިކަލް އަށްދޭ އެންމެ ރަނގަޅު ވޮރަންޓީ
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އެންމެ ބޮޑު ވޮރަންޓީއެއް އެއީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ ވޮރަންޓީއެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ދިގު މުއްދަތެއް ވޮރަންޓީގެ ގޮތުގައި ދޭ ފަރާތަކަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މުއްދަތު

10%

  • މި ބައިގައި އެންމެ ގިނަ މާކްސް ދެވޭނީ މާކްސްދެވޭނީ ވެލިދޫ ކައުންސިލްގެ އިދާރާއަށް އެންމެ ކުޑަ މުއްދަތެއްގެ ތެރޭގައި ޕިކަޕް ފޯރުކޮށްދޭ ފަރާތަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

22 ޖުމާދަލްއޫލާ 1439

8 ފެބްރުވަރީ 2018

08 ފެބުރުވަރީ 2018
ހޯދާ