ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުން ވެއްޖެ
މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮޑިޓަރ (ކޮންޓްރެކްޓް) |
ބޭނުންވާ ޢަދަދު: |
04 |
އަސާސީ މުސާރަ: |
މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސަރޓިފިކެޓް ތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ |
މަސައްކަތް ކުރަންޖެހޭތަން: |
އެސްޓީއޯ އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓް |
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2500 ރުފިޔާއާއި -/5000 ރުފިޔާއާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- އެނުއަލް އޮޑިޓްގެ ޕްލޭންގެ ދަށުން އިންޓާނަލް އޮޑިޓްތައްރާވައި ހިންގުން.
- ޚާއްސަ އޮޑިޓްތައް ހިންގުން
- އޮޑިޓް ރިޕޯޓް ތައްޔާރުކޮށް މެނޭޖަރ އަދި ޗީފް އިންޓާނަލް އޮޑިޓަރަށް ޕްރެޒެންޓް ކުރުން
- ހަވާލުކުރެވޭ އޮޑިޓްތަކާއިގުޅޭ އިދާރީ މަސައްކަތްތައްް ކުރުން
ފެންވަރު ނުވަތަ ޝަރުތު
- އޭސީސީއޭ ސްކިލްސް (ލެވެލް 2) ފުރިހަމަކޮށްފައިވުން ނުވަތަ ސީ.އައި.އެމް.އޭ ގެ މެނޭޖްމަންޓް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެއާއި އެއްފެންވަރުގެ އެކައުންޓިންގ / ފައިނޭންސްދާއިރާއިން ޑިގްރީ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެގުން
- އޮޑިޓް ނުވަތަ އެކައުންޓިންގ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ފެބްރުއަރީ 15 ވާ ބުރާސްފަތި، ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ލިބެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344261 / އީމެއިލް އެޑްރެސް:[email protected]
2018 ފެބްރުއަރީ 08
08 ފެބުރުވަރީ 2018
ހޯދާ