އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މި އިދާރާގެ ފައިނޭންސް އޮފިސަރގެ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:    

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-294311

ބޭނުންވާ އަދަދު:       

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން / ޔުނިޓް:

ކޯޕަރޭޓް އެފެއަރޒް ޔުނިޓް

މަޤާމު އޮތް އޮފީސް:

އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހަންޏާމީދޫ ކައުންސިލްގެ އިދާރާ، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ

މުސާރަ:            

6,295.00ރ (ހަހާސް ދުއިސައްތަ ފަންސަޔާނަވައި) ރުފިޔާ

ސަރވިސް އެލަވަންސް:

-/2000ރ (ދެހާސް) ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތެއްވާނަމަ އެ ޢިނާޔަތެއް ލިބޭނެ)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ކައުންސިލްގެ ޔުނިޓްތަކުންނާއި ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ސިސްޓަމަށް އަޅައި ބަޖެޓް ތައްޔާރުކުރުކޮށް ބެލެހެއްޓުންން.

 

  1. ކައުންސިލް އިދާރާގެ ބަޖެޓް ދުވަހުން ދުވަހަށް ސިސްޓަމުން ބާކީކޮށް ބެލެހެއްޓުމާއި، ކޮންމެ މަހެއް ނިމުމުން އެ މަހެއްގެ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުވުން.
  2. މާލިއްޔަތު ޤަވާޢިދުގެ 6.02 ގައި ވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ވަންނަ ފައިސާއާއި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ސިސްޓަމުން ބަލަހައްޓައި އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުވުން.

 

  1. މާލިއްޔަތު ޤަވާޢިދުގެ 6.16 ގައިވާގޮތުގެމަތިން ކައުންސިލްގެ އިދާރާގެ ތިޖޫރީގެ ހަފްތާ ރިޕޯޓް ސިސްޓަމުން ތައްޔާރުކުރުމާއި، މާލިއްޔަތު ޤަވާޢިދުގެ 6.25 ގައިވާ ގޮތުގެމަތިން ކައުންސިލް އިދާރާގެ ތިޖޫރީގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

  1. ބަޖެޓާ ފައިސާއާއިބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން އަންގާ ފޯމެޓަށް ތައްޔާރުކޮށް ބެލެހެއްޓުން.

 

  1. ކުއްޔަށް ދޫކޮށްފައިވާ ތަންތާންގެ ރަޖިސްޓަރީ ބެލެހެއްޓުން.

 

  1. ބަޖެޓާ ފައިސާއާއިބެހޭ މަސައްކަތްތަކުގެތެރެއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުން.

 

  1. ނޭޝަނަލް ސެންޓަރފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި ގުޅިގެން ހަންޏާމީދޫ ކައުންސިލް އިދާރާގެ ފައިސާއާއިބެހޭ ލިޔެކިއުންތައް އީގަވަރމަންޓް (ޖެމްސް) އިން ފޮނުވުމާއި ބެލެހެއްޓުން.

 

  1. އިންފޯރމޭޝަން ޓެކްނޮލޮޖީއާއި ބެހޭގޮތުން ޔުނިޓްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އައިޓީއާއިބެހޭ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ދިނުން.

 

  1. މުވައްޒަފުންނަށް މުސާރަދިނުމަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކުރުމާ މުވައްޒަފުންގެ ޙާޟިރީ ރިޕޯޓާއި އިތުރުގަޑީގެ ރިޕޯޓް ތައްޔާރުކުރުމާ އެކަންތައްތަކާބެހޭ ރެކޯޑްތައް ބެލެހެއްޓުން

 

  1. އިދާރީ ހިންގުމާއިބެހޭ އެންމެހާ މަސައްކަތްތަކާއި ކޯޕަރޭޓް އެފެއަރޒް ޔުނިޓްގެ އެޑްމިނިސްޓްރޭޝަން އާއި ބެހޭ މަސައްކަތްތައް

 

  1. ކައުންސިލްގެ އަހަރީ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

  1. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ދެނެގަނެ ބޭނުންވާ ދާއިރާތަކުން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ހިންގަންޖެހޭ ކޯސްތައް ހިންގުން.

 

  1. މީގެ އިތުރުން ކޯޕަރޭޓް އެފެއަރޒް ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް / ހިއުމަން ރިސޯސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

  1. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް / ހިއުމަން ރިސޯސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

  1. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް / ހިއުމަން ރިސޯސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ

  1. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް / ހިއުމަން ރިސޯސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ތަޢުލީމާއި ތަމްރީނު

 

  1. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

 

  1. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި ތަޖުރިބާ

 

  1. ކޮމްޕިއުޓަރ މަސައްކަތުގެތެރޭގައި ހިމެނޭ އެކްސެލް، ވޯރޑް އަދި އޮޓޯކޭޑް ނުވަތަ ކޮރަލްޑްރޯވް އަށް އަހުލުވެރިވެފައިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމް.  އެޕްލިކޭޝަން ފޯމް ހަންޏާމީދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

  1. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

 

  1. ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެތްގެ ކޮޕީ:

(ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. ސިވިލް ސަރވިސް ގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ހަންޏާމީދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމްއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ ([email protected]) އެވެ. ފެކްސް ނަންބަރަކީ 6680884 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ފެބްރުއަރީ 21 އާ 26 އާއި ދެމެދު ހަންޏާމީދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއިއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއެއްގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680056 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރަކީ 6680884 އެވެ. އީމެލް އެޑްރެހަކީ [email protected] އެވެ.

 

07 ފެބުރުވަރީ 2018
ހޯދާ