ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
މުވައްރިޚުންގެ ދަފްތަރެއް އެކުލަވާލުން

`

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ.

                                                       ނަންބަރު: (IUL)430-DBA-T/1/2018/4

 

                                  އިޢުލާނު

 

މުވައްރިޚުންގެ ދަފުތަރެއް އެކުލަވައިލުން

އެކި ރޮނގުރޮނގުން ދިވެހިރާއްޖޭގެ ތާރީޚަށް ޚިދުމަތްކުރައްވައިފައިވާ މުވައްރިޚުންގެ ދަފްތަރެއް އެކުލަވައިލުމަށް މި އެކެޑަމީން ބޭނުންވެއެވެ. އެހެންކަމުން މިފަދަ ބޭފުޅުން މި ރޮނގުރޮނގުން ކުރައްވައިފައިވާ ޚިދުމަތްތައް ހިމެނޭ ގޮތުން ވަނަވަރެއް ތައްޔާރުކުރައްވައި، މި މަހުގެ 19 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން މި އެކެޑަމީއަށް ފޮނުއްވައިދެއްވުން އެދެމެވެ. މި ދެންނެވި ވަނަވަރު އެކެޑަމީގެ އިސްތިގުބާލުންނާއި މޭލުން ވެސް ބަލައިގަންނާނެއެވެ. މި އެކެޑަމީގެ އީ.މެއިލް އެޑްރެހަކީ [email protected] އެވެ.

ވަނަވަރުގައި ކޮންމެހެން ހިމަނުއްވަން ޖެހޭ މަޢުލޫމާތުތައް ތިރީގައި މި ވަނީއެވެ.

1. ނަން

2. ދާއިމީ އަދި މިހާރު އުޅޭ އެޑްރެސް

3. ފޯނު ނަންބަރު

4. އީ.މެއިލް އެޑްރެސް

5. މިހައި ތަނަށް ތާރީޚީ ރޮނގުން ކުރައްވައިފައިވާ ޚިދުމަތްތައް

 

22 ޖުމާދަލްއޫލާ 1439

08 ފެބުރުވަރީ 2018

08 ފެބުރުވަރީ 2018
ހޯދާ