މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސައްކަތު / ގދ. ތިނަދޫ ބިޒްނަސް ސެންޓަރ

މި މިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރ ތިނަދޫ / ގދ.ތިނަދޫ އޮފީސް އިމާރާތް އަމިއްލަ ތަކެތީގައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވާތީ މި މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު IUL)101-AF/1/2018/16)ަ އ(18 ޖަނަވަރީ 2018) އިޢުލާނުގައިވާ ގޮތަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ މި އިޢުލާނާ ގުޅިގެން ބިޒްނަސް ސެންޓަރ-ތިނަދޫއަށް ހުށަހެޅުނު އަންދާސީ ހިސާބުތައް ބާތިލްކޮށް އަލުން ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢްލާންކުރަމެވެ. މިކަމާ ބެހޭ ތަފްޞީލް ތިރީގައިވަނީއެވެ.

  1. އޮފީސް އެޑްރެސް: ނޭޒާ / ގދ.ތިނަދޫ، ވައިލެޓްމަގު
  2. މަސައްކަތްކުރަންޖެހޭ ގަޑި: މަޝްވަރާ ކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާ ގޮތަށް ގަޑިތަށް ހަމަޖެއްސިދާނެ
  3. މަސައްކަތްކުރަންޖެހޭ ދުވަސްތައް:
  • ސާފްކުރުން: ކޮންމެ ހަފުތާއެއްގެ ރަސްމީ ދުވަސްތައް (5 ދުވަސް)
  1. މަސައްކަތުގެ މުއްދަތު: 31 ޑިސެންބަރު 2018ގެ ނިޔަލަށް.
  2. ކުރަންޖެހޭ މަސައްކަތް:

-          ހަފުތާއަކު 5 ދުވަހު އޮފީސް ފޮޅާސާފުކުރުން

-          ހަފުތާއަކު 5 ދުވަހު އޮފީސް ފާޚާނާ ސާފްކުރުން

-          ހަފްތާއަކު 5 ދުވަހު އޮފީސްތެރެ މޮޕްލުން

-          ހަފުތާއަކު 5 ދުވަހު ކުނިވަށިގަނޑުތައް ހުސްކޮށް ކުނިއުކާލުން

-          ހަފްތާއަކު އެއްފަހަރު ބިއްލޫރިތަކާއި،ފަރުނީޗަރުތައް އަދި ޕްރިންޓަރުތައްފުހެ ސާފުކުރުން

-          މަހަކު އެއްފަހަރު ފަންކާފުހެ، ފާރުތައްފޮޅައި ސާފުކުރުން

-          މަހަކު އެއްފަހަރު އެއަރކޯނުތައް ސާފުކުރުން

-          ބިޒްނަސް ސެންޓަރަށް މާލެއިން ފޮނުވާ ތަކެތި ބޯޓުން ބާލައިގެން ބިޒްނަސް ސެންޓަރަށް ގެނެސްދިނުން.

-          ފިހާރަތަކުން ބިޒްނަސް ސެންޓާރއަށް ގެންނަން ޖެހޭތަކެތި ގެނެސްދިނުން

-          ބިޒްނަސް ސެންޓަރ އިން އެހެން ތަންތަނަށް ފޮނުވާ ސިޓީފަދަ ތަކެތި އެ ފަރާތްތަކަށް ރައްދުކޮށްދިނުން

 

  1. މަސައްކަތަށް އަގު ދިނުން: މަސް ނިމުމުން އަގު ދެވޭނީ މަސައްކަތްކުރި ދުވަސްތަކަށް އެކަނިއެވެ. އަދި ނާންނަދުވަސްތަކަށް އަގު ނުދެވޭނެއެވެ. ނަމަވެސް މަސައްކަތަށް ނާދެވޭދުވަހު އެހެން ފަރާތަކަށް ހަމަޖައްސައި އެގްރީމެންޓްގައިވާ ގޮތަށް މަސައްކަތްކޮށްފައިވާނަމަ  އެދުވަހުގެ ލާރި ބިޑް ކާމިޔާބުކުރާ ފަރާތަށް ހަވާލުކުރެވޭނެއެވެ.

 

 

  1. ކުނިކަހާ ފޮޅާސާކުރަންޖެހޭ ޢިމާރާތުގެ ތަފްޞީލް

ޢިމާރާތް

އެކުލެވޭ ތަންތަނުގެ ޢަދަދު

ފަންގިފިލާ

ކޮޓަރި

ޖަލްސާ މާލަމް

ފާޚާނާ

ފެންޑާ

ބިޒްނަސް ސެންޓަރ ތިނަދޫ

1

2

1

3

1

 

އަގު ހުށަހެޅުން.

  1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
  2. އަގު ހުށަހަޅާނީ ދުވާލަކަށް ޖެހޭއަގެވެ.
  3. އަގު ހުށަހަޅާނީ ޓެކްސް ހިމަނައިގެންނެވެ.
  4. އަންދާސީ ހިސާބު ހުށަހަޅާނީ 'ބިޑް ސަބްމިޝަން ފޯރމް"ގައެވެ. މި ފޯރމް ހުށަނާޅާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. މިފޯރމް ބިޒްނަސް ސެންޓަރ ފޮނަދޫއިން ލިބޭނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިންވެސް ލިބެންހުންނާނެއެވެ.

 

 

މާރކްސް ދެވޭގޮތުގެ ތަފްސީލް:

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީއިން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީއިން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ.
  3. ބިޑަށް މާރކްސް ދެވެނީ ތިރީގައިވާ ގޮތަށެވެ.

އަގަށް

90

  • ހުށަހަޅާފައިވާ އަގަށްދޭ މާކްސްދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

ތަޖުރިބާ

10

  • މިފަދަ މަސައްކަތް ކޮށްނިންމާފައިވާ ކަމުގެ ލިޔުމަށް ބަލާ އެންމެ ގިނަ ލިޔުން (ރިފެރެންސް) ލިބިފައިވާ ފަރާތަކީ ބެންޗްމާކްއެއްކަމުގައި ބަލއިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

 

  1. ބިޑް އިވެލުއޭޝަންއަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮނާނީ 13 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހު 10:00 ގައި ބިޒްނަސް ސެންޓަރ-ތިނަދޫގައެވެ. އަދި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭކަން ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 18 ފެބްރުއަރީ 2018 ގެ 9.00 އަށް، ބިޒްނަސް ސެންޓަރ ތިނަދޫ / ގދ.ތިނަދޫ އަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ބިޒްނަސް ސެންޓަރ ތިނަދޫ /ގދ.ތިނަދޫ

ދިވެހިރާއްޖެ

 

އަންދާސީ ހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތެއްގެ ހާޒިރީއެއްގައި، 18 ފެބްރުއަރީ 2018 ވަނަ ދުވަހު 9:05ގައެވެ.

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6842002 އަށް ގުޅުއްވުން އެދެމެވެ.

‏22 ޖުމާދުލްޢައްވަލް 1439

08 ފެބުރުވަރީ 2018
ހޯދާ