ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލް އިދާރާގެ ސެކިޔުރިޓީ ބެލެހެއްޓުން

އެއްއަހަރުދުވަހަށް މި އިދާރާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 2018 ފެބުރުވަރީ 18ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު  2018 ފެބުރުވަރީ 25 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ކޮންމެފަރާތަކުންވެސް ބައިވެރިވެވޭނީ އެއްފަރާތުގެ ނަމުގައެވެ. ބަދަލުގައި ވަޑައިގަންނަވާނަމަ ތަމްސީލުކުރާފަރާތުގެ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.

މާކުސްދިނުމަށް ހަމަޖެހިފައިވަނީ

އަގަށް:                 70 މާކުސް

ތަޖުރިބާއަށް:             15 މާކުސް

ބިޑުގެފުރިހަމަކަމަަށް:        05 މާކުސް

ލޯކަލްއިންވެސްޓްމަންޓް/ކުންފުނި: 10މާކުސް

          

                    މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 ފެބުރުވަރީ 2018
ހޯދާ