ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރަޖިސްޓްރަރ

 

ރަޖިސްޓްރަރ ކަމުގެ ވަޒީފާގެ ފުރުޞަތު

ނަންބަރު: 03/(IUL)95-A/1/2018

 

ތާރީޚް: 07 ފެބުރުއަރީ 2018

 

މަޤާމް:       

ރަޖިސްޓްރަރ

ކޯޓް

ހައިކޯޓު

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

14,400 ރުފިޔާ

ސަރވިސް އެލަވަންސް                

3,000 ރުފިޔާ

ލިވިންގ އެލަވަންސް

2,850 ރުފިޔާ

ޖުޑީޝަލް އެލަވަންސް

8,640 ރުފިޔާ

މަޤާމުގެ  ޝަރުތު:

  1. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  2. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން.
  3. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި  ޙަރަކާތްތެރިވާ މީހަކު ކަމުގައިނުވުން.
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރިޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  6. ޤާނޫނުލް ޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން.
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.

ޢުމުރު

  1. އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

ތަޢުލީމް

  1. އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރިޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުން.

ތަޖުރިބާ

  1. ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.
  2. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ޤަވާޢިދާއި އެއްގޮތަށްތޯ ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެޤަވާޢިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ، އެމައްސަލައެއް ނުވަތަ ލިޔުމެއް، އެޤަވާޢިދާ އެއްގޮތަށް އިޞްލާޙްކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރަރ އަށް ލިބިގެންވެއެވެ.
  3. ބަލައިނުގަނެވޭ ބާވަތުގެ މައްސަލަތަކުގައި ސަބަބު ބަޔާންކޮށް ލިޔުމުން ޖަވާބު ދީ، އެޖަވާބު ދެވުނު ސަބަބު މައްސަލަ ހުށަހެޅި ފަރާތަށް އިތުރަށް ސާފުކޮށްދިނުން.
  4. ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ލިޔުމުން އެންގުން.
  5. ހައިކޯޓުގެ ފުރަތަމަ މަރުޙަލާގެ ރަޖިސްޓްރީއާއި މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  6. ހައިކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން
  7. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެޚަޞްމުންކުރެ ޚަޞްމެއްގެ އެދެމުގެމަތިން، އެފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.
  8. މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.
  9. ހައިކޯޓަށް ހުށަހެޅި ސެކްޝަންތަކަށް ފޮނުވިފައިނުވާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކާ މުޢާމަލާތްކުރުން.
  10. ހައިކޯޓުގެ ޤަވާއިދު ކަނޑައަޅާ އުސޫލަކުން ދިވެހި ކޮންމެ ފަރުދަކަށްވެސް ހައިކޯޓުގެ ޚިދުމަތް ހަމަހަމަ ކަމާއިއެކު ބޭނުންކުރެވޭނެ ގޮތްތައް ޒަމާނީ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  11. ސެކްޝަންގެ އެންޓްރީ ބަލައިގަތުމާއި، ފިޔަވަޅު އެޅުން. މިގޮތުން ސެކްޝަނަށް ލިބޭ ލިއުންތަކާއި ޖަވާބު ދެވުނު ލިއުންތަކާއި ޖަވާބު ނުދެވިހުރި ލިއުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކޮށް އިސްފަނޑިޔާރަށް ހުށަހެޅުން
  12. ސެކްޝަނުން ކުރީދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާލިއުން
  13. ފައިލިން ސިސްޓަމާއި ސެކްޝަންގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުން
  14. މައްސަލަތަކާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާ ރަޖިސްޓްރޭޝަންއިން ޖަވާބުދޭންޖެހޭ ސިޓީތަކަށް އިސްފަނޑިޔާރުގެ އިރުޝާދުގެ ދަށުން ޖަވާބު ތައްޔާރުކުރުން.
  15. ސެކްޝަންގެ މަސައްކަތާއި ގުޅިގެން ސެކްޝަންތަކުން ގެންނަ ލިޔުންތަކުގައި ސޮއިކުރުން.
  16. ވަކީލުންގެ ދަފުތަރެއް ހަދައި ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ތައްޔާރުކުރުމާއި، އެދަފުތަރު ބެލެހެއްޓުން.
  17. ރަޖިސްޓްރޭޝަންގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތަކާ ގުޅިގެން އިރުޝާދުދީ އެހީތެރިވުން.
  18. ހައިކޯޓުގެ ނިންމުންތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން
  19. ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން މައްސަލަތަކުގެ އިބްތިދާޢީ ބައްދަލުވުން ބޭއްވުން

ރަޖިސްޓްރޭޝަންގެ އިސްވެ ދެންނެވުނު މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

ރަޖިސްޓްރާގެ މަޤާމަށް އެދި ހުށަހަޅާ ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު ( އަސްލާ އެއްގޮތްކަމަށް ސަކުރާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ތައްގަނޑުޖަހާފައިވާ އަސްލު ).
  2. ވަނަވަރު.
  3. ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމެންޓް.
  4. ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ.
  5. ޤާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންގެންދާކަން އެނގޭނެ ކޯޓުގެ ރަސްމީ ލިޔުމެއް ( މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ. ) ނުވަތަ،
  6. ދަޢުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް ނުވަތަ،
  7. ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް.
  8. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯޯ.
  9. އައިޑީކާޑުގެ ކޮޕީ.

10. ރަޖިސްޓްރާރ ކަމަށް ކުރުމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުން.

11. ރާއްޖެއިން ނުވަތަ ރާއްޖެއިންބޭރުގައި ތަޢުލީމު ޙާސިލްކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދަޢުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ޢިދާރާއަކާއިއެކު ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއްވާނަމަ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން.

ސުންގަޑި 

2018 ފެބުރުއަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރައްވަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3325029 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

  • ރަޖިސްޓްރަރގެ މައްސޫލިއްޔަތުތައް ހައިކޯޓުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
08 ފެބުރުވަރީ 2018
ހޯދާ