ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ސަހަރާ ގޯތިތެރޭގައި ހުރި މިސްކިތް ތަޅާލައި ތަންސާފްކޮށް، ސަހަރާގެ ވަށާފާރު ރޭނުން

ނަމްބަރ: (IUL)384-A/2018/14

 

އިޢުލާން

 

 

މިރަށު ސަހަރާ ގޯތިތެރޭގައި ހުރި މިސްކިތް ތަޅާލައި ތަންސާފްކޮށް، ސަހަރާގެ ވަށާފާރު ރޭނުން:

 

                  މިރަށު ސަހަރާ ގޯތިތެރޭގައި ހުރި މިސްކިތް ތަޅާލައި އެތަންސާފްކޮށް، ސަހަރާގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ (IUL)384-A/2017/60 ނަމްބަރ އިޢުލާން ބާތިލްކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 14 ފެބުރުވަރީ 2018ވާ ބުދަ ދުވަހުގެ 11.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 20 ފެބުރުވަރީ 2018ވާ އަންގާރަ ދުވަހުގެ 13:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

               21 ޖުމާދުލްއޫލާ   1439

               07 ފެބުރުވަރީ 2018              

 

 

                                                                            އައްބާސް އަޙްމަދު

                                                             ކައުންސިލްގެ ނައިބްރައީސް

 

07 ފެބުރުވަރީ 2018
ހޯދާ