މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 

މި އިދާރާގެ ނަންބަރ: (IUL)236-AHI/236/2018/2  (25 ޖަނަވަރީ 2018) އިޢުލާނު ބާޠިލްކޮށް، އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ވާހަކަ ދެންނެވީމެވެ.  

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރ:

(J-223015)

ބޭނުންވާ ޢަދަދު:

1 އެކެއް

ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް 1

ކުލެސިފިކޭޝަން:

ޑިރެކްޓަރ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

އޮފީސް / އިދާރާ:

މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:

މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ / މ. މުލި

މުސާރަ:

-/8,835 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ (މަހަކު)

އިތުރު ޢިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ އިޔާޔަތްތައް)

 

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް:

 

 

  1. ކައުންސިލްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ރާވައި އެކަށައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގައިޑްލައިންތައް ހަދައި ހިންގުން. މިގޮތުން:

(ހ) ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި، މުވައްޒަފުންލައްވާ މަސައްކަތް ކުރުވައި، ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ކައުންސިލަށް ސަރުކާރުގެ ރަސްމީ އޮނިގަނޑުން ކަނޑައަޅާ މަސައްކަތްތަކާ ގުޅޭ ސިޔާސަތުތަކާއި މަޝްރޫޢުތައް އެކުލަވައި އެކަށައަޅައި ހިންގުމުގައި ކައުންސިލަށް ލަފާދީ އެހީތެރިވުން.  

(ނ) ކައުންސިލްގެ ޖަލްސާތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި، ކައުންސިލްގެ އެންމެއިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ބައިވެރިވުން.

(ރ) ކައުންސިލްގެ ރައީސްގެ ލަފާގެމަތިން ކައުންސިލްގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކޮށް އެޖެންޑާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ، ފާޅުކުރާ ޚިޔާލުތަކާއި ނިންމާ ނިންމުންތަކާއި، ވޯޓް ދިންގޮތުގެ ރެކޯޑްތައް ޔައުމިއްޔާކޮށް ލިޔެ ރައްކާކޮށް ބެލެހެއްޓުން.

(ބ) ކައުންސިލްގެ ބައްދަލުވުންތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯރޓްތައް ތައްޔާރުކުރުމުގައި ކައުންސިލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. 

2. ކައުންސިލްގެ އިސްވެރިޔާގެ ދަށުން އަތޮޅު ކައުންސިލް އިދާރާ ހިންގައި ބެލެހެއްޓުން، މިގޮތުން:

(ހ) ކައުންސިލްގެ އިދާރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި ލަފަޔާއި މަޝްވަރާދީ އެހީތެރިވުން.

(ށ) ކައުންސިލް އިދާރާގެ މަސައްކަތްތައް ހަލުވިކަމާއި އޮމާންކަމާއެކު ނަތީޖާ ބޮޑު ގޮތެއްގައި ހިންގައި ބެލެހެއްޓުމަށްޓަކައި، ބޭނުންވާ މުވައްޒަފުންނާއި އެހެނިހެން ވަޞީލަތުގެ ބޭނުން ކޮށްގެން، އެކިއެކި އިންތިޒާމުތައްކޮށް އެ ކަންކަން ހިންގުން.

(ނ) ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ ތަފާތު އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށް ދެމެހެއްޓުން.

(ރ) ކައުންސިލްގެ އިދާރާގެ އެކިއެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް، ޚަރަދުކުޑަ ގޮތްތައް ހޯދައި ތަޢާރަފްކޮށް އެކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަމުން ގެންދިއުން. އަދި އެކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ އަދި މަގުފަހިކުރާ، ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުޞޫލުތައް އެކުލަވައި ހާމަކޮށް، ކަން ހިނގާގޮތް މޮނިޓަރކޮށް، ފަސޭހައިން ކަންކަން ކުރެވޭނެ ގޮތްތައް ހޯދައި ކުރިއަރުވަމުން ގެންދިއުން.

(ބ) ކައުންސިލްގެ އިދާރާގައި އިސްނެގުމުގެ ރޫހާއި މަސައްކަތުގެ އޮއިވަރާއި ފޯރި އިތުރުކޮށް ދެމެހެއްޓުން. 

3. ކައުންސިލްގެ އިދާރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައި ތަރައްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުންހިފުން. އެގޮތުން:

(ހ) ކައުންސިލްގެ އިދާރާގެ އޮނިގަނޑާ އެއްގޮތަށް މުވައްޒަފުން ހޯދައި، އެ މުވައްޒަފުންގެ ވަޒީފާއާ ބެހޭ އެންމެހައި ކަންތައްތައް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.

(ށ) ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާޢިދާއި، ކޯޑް އޮފް ކޮންޑަކްޓް ތަންފީޒުކުރުމުގައި ކައުންސިލްގެ އިދާރާގެ މުވައްޒަފުން ޢަމަލުކުރުން ކަށަވަރު ކުރުވުމާއި އެކަންކަމުގައި މުވައްޒަފުން ޖަވާބުދާރީ ކުރުވުން.

(ނ) މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި، އެއާ އެއްގޮތަށް ތަމްރީނާއި ހުނަރުތައް ލިބޭނެ ގޮތްތައް ހޯދުން.

(ރ) މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ހިމާޔަތް ކޮށްދިނުމާއި އަދި މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށް އިންސާފު ޤާއިމުކުރުން.

(ބ) އިދާރާގެ ސެކްޝަން ތަކާއި ޔުނިޓްތަކުގެ އިސް މުވައްޒަފު / ހެޑުގެ މަސައްކަތް މޮނިޓަރކޮށް ޔުނިޓުތަކުގެ މަސައްކަތް ގެންދާނެ ގޮތުގެ ލަފަޔާއި އިރުޝާދު ދިނުން.

(ޅ) އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަނާއި އެ ސެކްޝަނުގެ ދަށުން ހިންގާ ޔުނިޓު ތަކުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ނުވަތަ ރަސްމީ ދަތުރެއްގައި ހުންނަވާ ދުވަސްތަކުގައި، އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަންގެ ހެޑު އޮފީހުގައި އަދާކުރަންޖެހޭ މަސްޢޫލިއްޔަތު އަދާކުރުން.

(ކ) މުވައްޒަފުންގެ މަސައްކަތާގުޅޭގޮތުން އޮފީސް ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަން ދެނެގަނެ އެބަދަލުތައް މަސައްކަތުގެ މާހައުލަށް ގެނައުން. 

4. ކައުންސިލްގެ ރައީސަށް ނުވަތަ ކައުންސިލަށް ޖަވާބުދާރީ ވާންޖެހޭ ކަންކަމާއި ހާލަތްތަކުގައި ޖަވާބުދާރީވެ އެހީތެރިވުން. މިގޮތުން:

(ހ) ކައުންސިލްގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ ނައިބް ރައީސް އަންގަވާ އެންމެހައި ކަންތައްތައް އަންގަވާގޮތެއްގެމަތިން ކުރުން.

(ށ) ކައުންސިލް ބިއުރޯގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް ގެންދާނެ ގޮތުގެ އިރުޝާދު ދިނުން. 

5. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައި ޒިންމާދާރު އިސް ވެރިޔާއަށް ކަނޑައަޅާފައިވާ މަސްޢޫލިއްޔަތު ބަރާބަރަށް އަދާކުރުން. 

6. އަތޮޅު ކައުންސިލް އިދާރާގެ ފައިނޭންސް އެންޑް ބަޖެޓް ޔުނިޓުގެ އެންމެހައި ކަންކަން ހިންގާ ބެލެހެއްޓުމާ މޮނިޓަރ ކުރުން. އެގޮތުން: 

7. އަތޮޅު ކައުންސިލުން ކުރާ ފައިސާގެ މުޢާމަލާތުތައް ކުރެވެނީ ޤަވާޢިދާއި އެއްގޮތަށްތޯބަލާ، ޤަވާޢިދާއި ޚިލާފަށް އެއްވެސް މުޢާމަލާތެއް ހިނގާނަމަ، ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއެކު އަޅަންޖެހޭ ފިޔަވަޅު އެޅުން. އަތޮޅު ކައުންސިލްގެ އިދާރާއިން ފައިސާ ދޫކުރުމަށް ހެދޭ ޗެކްތަކުގައި ސޮއިކުރުން. 

8. އަތޮޅުކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ކޮންމެ މީލާދީ މަހެއްގެ ރަސްމީ އެންމެފަހު ދެ ދުވަހުންކުރެ ދުވަހެއްގައި މުސާރަ ދިނުމުގެ ކަންތައް ހިންގައި ބެލެހެއްޓުން. 

9. އަތޮޅުގެ ތަރައްޤީ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނަށް ބަލައިގެން ކުރިއަށް އޮތް އަހަރަށް ލަފާކުރަންޖެހޭ އަތޮޅު ކައުންސިލްގެ އިދާރާގެ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންތައް ހިންގައި ބެލެހެއްޓުން. 

10. އަތޮޅުކައުންސިލްގެ އިދާރާއަށް ބަލައިގަންނަ ފައިސާއާއި، ސަރުކާރުގެ އެކި އިދާރާތަކަށް މަހުންމަހަށް ފޮނުވަންޖެހޭ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރަންޖެހޭ ފައިސާގެ ކަންތައް ހިންގައި ބެލެހެއްޓުން. 

11. އަތޮޅުކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ޕެންޝަންސްކީމާއި، އެކިތަންތަނުގެ ކްރެޑިޓް ސްކީމަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ކަންތައް ހިންގައި ބެލެހެއްޓުން. 

12. ސަރުކާރުގެ އެކި އިދާރާތަކަށް މަހުން މަހަށް ފޮނުވަންޖެހޭ ފައިސާގެ ރިޕޯރޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ރަށުކައުންސިލްގެ އިދާރާތަކުން ލިބެންޖެހޭ ފައިސާގެ ރިޕޯޓްތައް ހޯދުމުގެ ކަންތައް ހިންގައި ބެލެހެއްޓުން. 

13. އަތޮޅުކައުންސިލްގެ އިދާރާގެ ފާއިތުވި އަހަރުގެ މާލީބަޔާން ތައްޔާރުކޮށް، މާލީ ބަޔާނުގައި ފާއިތުވި އަހަރުގެ އަހަރު ރިޕޯޓް ހިނގާ އަހަރުގެ މާރޗް މަސް ނިމުމުގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ކަންތައް ހިންގައި ބެލެހެއްޓުން. 

14. ހިއުމަށް ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއަރ ޕަރސަންގެ ހައިސިއްޔަތުން ކޮމިޓީ ހިންގުން. 

15. ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލްވާންޖެހޭ ޚާއްސަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް:

 

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން. 

2. ނުވަތަ

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން. 

3. ނުވަތަ

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން. 

 

ކަނޑައަޅާފައިވާ ދާއިރާތައް:

  1. އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
  3. ހިއުމަން ރިސޯސަސް މެނޭޖްމަންޓް
  4. ބިޒްނަސް މެނޭޖްމަންޓް
  5. އެޑިޔުކޭޝަން މެނޭޖްމަންޓް

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

 

  1. ލިބިފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން  
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.
  3. ސިވިލް ސަރވިސް އަށް ވަނުމަށް ދޭ އިމްތިޙާނަށް ބަލައިގެން.
  4. އެހެނިހެން މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓް www.meem.gov.mv އާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.  
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ. މެއިލް އެޑްރެސް ހިމެނޭގޮތަށް.)  
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.  
  1. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ / އިދާރާގެ ލިޔުން.  
  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.  

(ހ). މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް      ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ޓްރާންސްކްރިޕްޓްގެ ކޮޕީ).  

(ށ). ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  

(ނ). ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިޔުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.  

  1. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.  
  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.  
  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:

 

  • ވަޒީފާއަށް އެދޭ ފޯމު މި ކައުންސިލް (މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.meem.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ފެބުރުވަރީ 2018 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ ([email protected] އެވެ. ފެކްސް ނަންބަރަކީ، (6720017)  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

 

އިންޓަވިއު އަދި ޕްރެޒެންޓޭޝަން

އޮންނާނެ ތަނާއި މުއްދަތު:

 

  • މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2018 ފެބުރުވަރީ 25 އާ 2018 ފެބުރުވަރީ 28 ދެމެދު މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވުމާއި އެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚް ތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށާއި އަދި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން:

 

  • މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 5 އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ އިންސައްތަ:

  • ޖުމްލަ އިންސައްތަ %30

އިތުރު މަޢުލޫމާތު ހޯދުން:

 

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ކައުންސިލް އިދާރާގެ 6720600 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6720017 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

          

21 ޖުމާދަލްޢޫލާ 1439ޙ.

07 ފެބުރުވަރީ 2018
ހޯދާ