މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( ކޮންސަލްޓަންޓް)

ކުޑަކުދިންނާއި ޢާއިލާ ރައްކާތެރިކުރުމުގެ ނިޒާމް ހަރުދަނާ ކުރުން

 

މަޤްޞަދު: މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ބެލުމުގެ ދަށުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން  ސަރވިސް ސެންޓަރުތަކަށް ހުށައެޅޭ މައްސަލަތައް ހަރުދަނާގޮތުގައި މޮނިޓަރ ކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

ކުރަންޖެހޭ މަސައްކަތްތައް:

  1. މިނިސްޓްރީ އަދި އެފް.ސީ.އެސް.ސީއަށް ހުށަހެޅޭ ކޭސްތަކުގެ މޮނިޓަރިންގ އަދި ސުޕައިވައިޒަރީ ނިޒާމް ރިވިއުކުރުމަށް ދޭންޖެހޭ ފަންނީ ލަފާ އަދި އެހީތެރިކަން މިނިސްޓްރީގެ ކޭސް ސުޕަވައިޒަރުންނަށް ފޯރުކޮށްދިނުން.
  2. މިނިސްޓްރީއިން ފޯރުކޮށްދޭ ސޯޝަލް ސަރވިސް ޙިދުމަތަކީ މިނިސްޓްރީގެ ޕްރޮސީޖަރ މެނުއަލްއާއި ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތަކާއި، ޔޫ.އެން ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗައިލްޑްގެ އަދި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ މިންގަނޑުތަކަށް ފެތޭ ޙިދުމަތްތަކެއްތޯ ބެލުން.
  3. މިނިސްޓްރީއިން ފޯރުކޮށްދޭ ސޯޝަލް ސަރވިސް ޙިދުމަތް ދިނުމުގައި ހުރި ދަތިތައް ހޯދައި އެކަންތައް ހައްލުކުރާނެ ގޮތްތައް ހުށަހެޅުން.
  4. މިނިސްޓްރީއާއި އަތޮޅުތަކުގައި މަސައްކަތް ކުރައްވާ ސޯޝަލް ވޯކަރުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ޓްރެއިނިންގ ހިންގުން.

މަސައްކަތް ކުރަންޖެހޭ ތަން:

      ސޯޝަލް ސަރވިސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

މަސައްކަތު ގަޑި:

      ހަފްތާއަކު 11 ގަޑިއިރު

މަސައްކަތުގެ އަގު:

      ކޮންމެ މަހަކު 15,000/- (ފަނަރަހާސް ރުފިޔާ)

ފެންވަރު ނުވަތަ ޝަރުތު:

  1. ސޯޝަލް ވޯކް، ސޯޝަލް ސައިންސް ނުވަތަ މި ދާއިރާއާއި ގުޅޭ ދާއިރާއަކުން ފަންނީ ތަޖުރިބާ ލިބިފައިވުން.
  2. ސޯޝަލް ވޯކް، ސޯޝަލް ސައިންސް ނުވަތަ މި ދާއިރާއި ގުޅޭ އެހެން ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާޞިލްކޮށްފައި ވުން.
  3. ކުޑަކުދިންގެ ހައްޤުތައް ކުރިއެރުވުމާއި ރައްކާތެރިކަންދިނުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. ދިވެހިރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަށް އަހުލުވެރި ފަރާތެއް ކަމުގައި ވުން.
  5. މީހުންނާއި ގުޅިގެން މަސައްކަތްކުރުމާއި ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން.
  6. ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.
  7. ކޮމްޕިއުޓަރ ބޭނުންކުރުމުގެ ހުނަރު ލިބިފައިވުން ( މައިކްރޮސޮފްޓް ވޯޑް، އެކްސެލް އަދި ޕަވަރ ޕޮއިންޓް).

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރިކަން ބަޔާންކޮށް ހުށަހަޅާ ސިޓީ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • މި މަސައްކަތްކުރުމަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށައަޅަންވާނެވެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތާއި ކުރި މަސައްކަތް އެނގޭނޭ ލިޔުމެއް.

ސުންގަޑި

  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިއުންތައް ހުށައަޅާނީ، 18 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، ބިއްލޫރިޖެހިގެ / މަޖީދީމަގު އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ގުޅުއްވާނީ ފޯނުންނަމަ 3013017 /3027575 އަށް، އަދި އީ-މެއިލް އިން ނަމަ [email protected] އަށެވެ.

 

07 ފެބުރުވަރީ 2018
ހޯދާ