މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އާރޓްސް
|
ގްރޭޑް:
|
05
|
ސްޕައިން ޕޮއިންޓް:
|
24
|
މުސާރަ:
|
މަހަކު 7,151.26 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064.83 ރުފިޔާ
|
އިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން،ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
- އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޑިއުޓީ ތާވަލުގައިވާގޮތުގެ މަތިން އޮފީސް ހުޅުވާލެއްޕުން.
- ދަރިވަރުން ގެންނަ އެސައިންމަންޓްތައް ބަލައިގަނެ ލިސްޓް ތައްޔާރުކޮށް ލެކްޗަރާއިންނާ ޙަވާލުކުރުން.
- ކޯސްތަކަށް ކިޔަވައިދޭން އަންނަ ޕާރޓްޓައިމް ފުލްޓައިމް ލެކްޗަރަރއިން ކިޔަވައިދިނުމަށް ބޭނުންވާ ކަންތައްތަކުގައި އެހީތެރިވުން.
- ޕާރޓައިމް ލެކްޗަރަރއިންގެ އެގްރިމަންޓްތައް ތައްޔާރުކޮށް އަދި ނަންގަވާ ގަޑިތަކުގެ ރެކޯޑް ކޮންމެ މަހެއް 15އިގެ ކުރިން މަރުކަޒީ އިދާރާއަށް ފޮނުވުން.
- ބާއްވާ އެކިއެކި މީޓިންގތަކުގެ ޔައުމިއްޔާލިޔެ އަދި މީޓިންގ ބޭއްވުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުން.
- ކޯސްތަކާ ބެހޭގޮތުން ދަރިވަރުން ފޮނުވާ ލިޔެކިޔުންތައް ލިބުމުން އެކަމާބެހޭ ކޯޑިނޭޓަރެއްގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިއުން.
- އިމްތިޙާންގެ ކަންތައްތައް ބެލެހެއްޓުމާއި އެކަމަށް ހޯލްތެރެ ތައްޔާރުކުރުން.
- އޮފީހުން ހަމަޖައްސާ ގޮތުގެ މަތިން އިތުރު ގަޑީގެ ޑިއުޓީއަށް ނިކުތުން.
- ލޮކަރދޫކުރުން / ލޮކަރބެލެހެއްޓުން.
- ޑީންއަށް ފޮތް އިންޓަރނެޓުން ޑައުންލޯޑް ކޮށްދިނުން.
- ލެކްޗަރަރައިންނަށް ރިސަރޗްގައި އެހީތެރިވުން.
- ކައުންޓަރ ބެލެހެއްޓުމާއި ފޯނަށް ޖަވާބުދިނުން.
- ހުރިހާ އެކެޑެމިކްއާ ބެހޭކަންތައްތައް ބެލެހެއްޓުން.
- މަތީގައިވާ ކަންތައްތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައްކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2018 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|