މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                                                       ނަންބަރު: IUL)321/321/2018/25)

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

ތުޅާދޫ ކައުންސިލްއިދާރާއާއި، މިއިދާރާގެ ވަށައިގެންވާ ގޯތީގެ ސެކިއުރިޓީ ބެލެހެއްޓުން، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، މަހަކު -/10000 ރުފިޔާ (ދިހަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަގަކަށް   ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

 

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2018 ފެބްރުއަރީ 13 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ފެބްރުއަރީ 18 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އެސްޓިމޭޓްތައް ބަލައިގަތުން އޮންނާނީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

20 ޖުމާދުލްޢޫލާ 1439

06 ފެބުރުވަރީ 2018
ހޯދާ