މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޢަރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ފެއަރ 2018 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

 

                                                                                                       ނަންބަރ: IUL)MMPRC/1/2018/5)  

އިޢުލާން

 

ޢަރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ފެއަރ 2018 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

 

ދުބާއީގައި ބާއްވާ ޢަރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ފެއަރ 2018 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަން ކުރެވުނު ނަންބަރު IUL)MMPRC/1/2018/4)  އިޢުލާނަށް ބަދަލުތަކެއް އައުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލީމެވެ.

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި ކޯޕަރޭޝަނުން ވަކި ސީރިއަލް ނަމްބަރެއް ދީފައިވާ "ރިކުއިސްޓް ފޯރ ޕްރޮޕޯސަލް" (އާރ.އެފް.ޕީ) އެއް 2018 ފެބުރުވަރީ 05 ން 2018 ފެބުރުވަރީ 22ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 14:00 އާއި ދެމެދުގެ ވަގުތުތަކުގައި، މި ކޯޕަރޭޝަނުން (ވެލާނާގެ، 4 ވަނަ ފަންގިފިލާ) -/500 (ފަސްސަތޭކަ) އެމެރިކާ ޑޮލަރަށް ލިބިވަޑައިގަންނަވާނެއެވެ. މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. އާރ.އެފް.ޕީ ގަންނަންވާނީ އޭ.ޓީ.އެމް ފެއަރ 2018 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމުގައެވެ.

 ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 2018 މާރިޗު މަހުގެ 11 ވަނަ ދުވަހުގެ 15:00 ގައެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައެވެ. އަދި ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް އީމެއިލް ކުރައްވަންވާނެއެވެ.  ސިޓީ އުރައިގެ ބޭރުގައި " އޭ.ޓީ.އެމް ފެއަރ 2018 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތަކުގެ ނަންތައް އަދި އަގުތައް ހިމެނޭ މަޢުލޫމާތު ޝީޓެއް ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވާހަކަ ދެންނެވީމެވެ.

 ޕްރޮޕޯސަލް ފޮނުވަންވީ އީމެއިލް އެޑްރެހަކީ؛ [email protected]       ކޮޕީކުރައްވާނީ [email protected]

 އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

ފާތިމަތު ރަޙީލް

ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް

4 ވަނަ ފަންގިފިލާ، ވެލާނާގެ

މާލެ، ދިވެހިރާއްޖެ

ފޯން:  3323228، 3331826

އީ-މެއިލް: [email protected]

       [email protected]

 

                            20 ޖުމާދަލްއޫލާ 1439

                            06 ފެބުރުވަރީ 2018

 

 

 

 

 

06 ފެބުރުވަރީ 2018
ހޯދާ