މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ

ވޯރލްޑް ބޭންކް އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްއަށް ސިވިލް އިންޖިނިއަރ (ސީ.އީ) އެއް ހޯދުމާބެހޭ އެއް ހޯދުމާބެހޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސިވިލް އިންޖިނިއަރ (ސީ.އީ)

 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްއަށް އ ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި ޕްރޮޖެކްޓް ރަވާ ހިންގުމަށްޓަކައި އެއް (01) ސިވިލް އިންޖިނިއަރަކު އައްޔަންކުރުމަށް ބޭނުންވެއެވެ.

 

މިގޮތުން މ ސިވިލް އިންޖިނިއަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސައްކަތް ކުރިއަށް ގެންދާ ފެންވަރު ބަލާ ސުޕަވައިޒް ކުރުމުގައި ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުން ހިމެނެއެވެ.

 

ސިވިލް އިންޖިނިއަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

ހ) ސިވިލް ނުވަތަ އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ (ކޮންސްޓްރަކްޝަން) ގެ ދާއިރާއިން ދަށްވެގެން ބެޗްލާރސް ޑިގްރީ ޙާސިލް ކޮށްފައިވުން.

 

(ށ) މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

(ނ) ބައިނަލްއަޤްވާމީ ޖަމުއިއްޔާތަކުގެ އެހީގައި ހިންގާ މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ރ) މައިކްރޯސޮފްޓް އޮފީސް ޕެކޭޖް، ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިންގ ސޮފްޓް ވެއަރ، އަދި އެހެނިހެން ޑިޒައިން ސޮފްޓްވެއަރ ތަކަށް އަޙުލުވެރިވެފައިވުން.

(ބ) ފަރިތަކަމާއި އެކު އިނގިރޭސިބަހުން މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.

(ޅ) މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ޓީމް މޯޓިވޭޓްކުރުވުމާއި ލީޑާރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ކ) ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭނެއެވެ.

(އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

އުޖޫރަ

- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 35,000.00  އާއި 38,550.00 ރުފިޔާ ދެމެދު އުޖޫރައެއް ކަނޑައެޅިފައެވެ.

 

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.

 

  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2018 ފެބްރުއަރީ 13 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

 

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

 

 ފޯނު ނަންބަރު: 3018386

 

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018386  ,   3018384 އަށް ގުޅުއްވުން އެދެމެވެ.

 

5 ފެބުރުވަރީ 2018

05 ފެބުރުވަރީ 2018
ހޯދާ