މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ ކައުންސިލުން ރަށުގައި އުފެދޭކުނި އުފުލުމަށްޓަކައި ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

                          ނަންބަރު IUL)321/321/2018/21)

އިޢުލާން

ބ.ތުޅާދޫ ކައުންސިލުން ރަށުގައި އުފެދޭކުނި އުފުލުމަށްޓަކައި ޕިކަޕެއް ގަންނަން ބޭނުންވެއްޖެ 

ބ. ތުޅާދޫ ކައުންސިލުން ތުޅާދޫގައި އުފެދޭކުނި އުފުލުމަށްޓަކައި ތުޅާދޫ ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް  ޕިކަޕެއް ހޯދަން ބޭނުންވެއްޖެއެވެ.

ސަޕްލައިކޮށްދޭންވީ ވެހިކަލާއި ބެހޭ މަޢުލޫމާތު:

ބާވަތް:              ޑީސަލް ޕިކަޕް

މޮޑެލް:              ޓޮޔޯޓާ،ނިސާން،އިސުޒު،އަދި މިޓްސުބިޝީ ( މި މޮޑެލް ތަކުގެ ތެރެއިން މޮޑެލެއް)

ކުލަ:             ހުދު ނުވަތަ ނޫ ކުލަ ( އެއްވެސް ކުރެހުމެއް ނެތް)

ޓަނޭޖް:             1.5 ޓަނާއި 2 ޓަނާ ދެމެދު.

ވޮރަންޓީ:      02 އަހަރު

އަގު:         އަގުގެ ތެރޭގައި ވެހިކަލްގެ އަގާއި، ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި އަދި ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާގެ ނަމަށް ރަޖިސްޓްރީކޮށްދެވޭ އަގު ވަކިން އެގެން އޮންނަންވާނެއެވެ.

މަސައްކަތުގެ ވެރިފަރާތް: ތުޅާދޫ ކައުންސިލްގެ އިދާރާ

 

ޕޮއިންޓް ދެވޭ އުޞޫލު:-

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު

80%

އެންމެކުޑަ އަގު ހުށަހަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން.(އަގަށް މާރކްސް ދެވޭނީ ވެހިކލްގެ އަގާއި، ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާއަށް ފޯރުކޮށްދެވޭނެ އަގާއި އދި ވެހިކަލް ތުޅާދޫ ކައުންސިލް އިދާރާގެ ނަމަށް ރަޖިސްޓްރީކޮށްދެވޭ އަގުތަކުގެ ޖުމްލަ އެއްކޮށްގެންނެވެ.

2

އިންސްޓޯލްމަންޓް

10%

މިބަޔަށް މާރކްސް ދެވޭނީ އެންމެ ދިގު މުއްދަތެއްގެ އިންސްޓޯލްމަންޓެއް ހުށަހަޅާ ފަރާތް އެއީ ބެންޗްމާރކެއް ކަމުގައި ބަލައިގެންނެވެ.

3

މުއްދަތު

2.5%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާފަރާތަށް (ރަޖިސްޓްރީކޮށް ތުޅާދޫއާ ހަމައަށް ގެނެސްދެވޭނެ މުއްދަތު)ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

4

ވެހިކަލްގެ ކަންޑިޝަން

 

05%

 

 

އުފެއްދިފަހުން ވީމުއްދަތަށް (އެންމެ ކުރު މުއްދަތަށް އެންމެގިނަ މާކްސްލިބޭގޮތަށް)    5 މާރކްސް

5

ތަޖުރިބާ

2.5%

06 ވަނަ ނަންބަރުގެ 8 ގައިވާ ލިޔުން (މިބަޔަށް މާކްސް ދޭނީ މިބާވަތުގެ ތަކެތި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތަ ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން ތިރީގައިމިވާ ގޮތަށެވެ.)

- ސަޕްލައިކުރި ވެހިކަލްގެ ޢަދަދު 5 އިން ދަށްނަމަ ކޮންމެ ވެހިކަލަކަށް 01 މާރކްސް

- މިޢަދަދު 5 އަށްވުރެ އިތުރުވާނަމަ ޖުމްލަ 2.5 މާކްސް

ބީލަމުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު:

1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް

2. އެސްޓިމޭޓް/ ކޯޓޭޝަން

3. ޕްރޮފައިލް

4. ވޮރަންޓީ ލެޓަރ

5. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން

6. ތަޖުރިބާ ބަޔާންކުރާ ލިޔުން

7. މާލީ ތަނަވަސްކަން ބަޔާންކޮށްދޭ ލިޔުން

8. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ

9. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ފެބްރުއަރީ 18 ވާ އާދިއްތަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6600006 ފޯނާއި ގުޅުއްވުން އެދެމެވެ. އަމިއްލަ ފަރުދެއްނަމަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިން ރޫމްގައެވެ. އަދި ދަންނަވަމެވެ. ބީލަމުގައި ހުށަހަޅަންޖެހޭ މަޢުލޫމާތު 01 ން 09 ށް ޕްރޮޕޯސަލާ އެއްގޮތަށް ހުށަހަޅަންވާނެއެވެ.މި އިޢުލާނާއިގުޅޭ އިތުރު ތަފުޞީލުތައް ހިމެނޭ  ބިޑްފޯމް މި އިދާރާގެ ވެބްސައިޓްhttp://www.thulhaadhoo.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.  ބީލަން ހުށަހަޅާއިރު މަޢުލޫމާތު ކަރުދާހާއި ބިޑުފޯމު ބީލަން ޑޮކިއުމަންޓް ތަކާއިއެކު ހުށަހަޅަންވާނެ އެވެ.

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

19        ޖުމާދުލްޢޫލާ 1439

05 ފެބުރުވަރީ 2018
ހޯދާ