މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ކުނިނައްތާލާ ނިޒާމް ސަރަހައްދުގައި 4 ފޫޓް 6 ފޫޓްގެ ފާޙާނާއެއް އަމިއްލަ ތަކެތީގައި ރާނާ ހިޔާކޮށް ސިމެންތިޖަހާ މުށިޖަހާ ސީލިންކޮށް ފާޙާނާ ނިޒާމާއި ގުޅާ މަސައްކަތް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

             އުނގޫފާރު، ދިވެހިރާއްޖެ                        ނަންބަރު:  IUL)303-AS/2018/07)                  

އިޢުލާން

މިރަށު ކުނިނައްތާލާ ނިޒާމް ސަރަހައްދުގައި 4 ފޫޓް 6 ފޫޓްގެ ފާޙާނާއެއް އަމިއްލަ ތަކެތީގައި   ރާނާ ހިޔާކޮށް ސިމެންތިޖަހާ މުށިޖަހާ ސީލިންކޮށް ފާޙާނާ ނިޒާމާއި ގުޅާ މަސައްކަތް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           

            މިރަށު ކުނިނައްތާލާ ނިޒާމް ސަރަހައްދުގައި 4 ފޫޓް 6 ފޫޓްގެ ފާޙާނާއެއް އަމިއްލަ ތަކެތީގައި   ރާނާ ހިޔާކޮށް ސިމެންތިޖަހާ މުށިޖަހާ ސީލިންކޮށް ފާޙާނާ ނިޒާމާއި ގުޅާ މަސައްކަތް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

             ކުނި ނައްތާލާ ނިޒާމް ސަރަހައްދުގައި ހަދާ ފާޙާނާ ހަދައި ދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 08 ފެބްރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި މިއިދާރާގައެވެ. ފާޙާނާ ހަދައި ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 ފެބްރުވަރީ 2018 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ކުނިނައްތާލާ ނިޒާމްގައި ހަދާ 4 ފޫޓް 6 ފޫޓްގެ ފާޙާނާ ހަދައިދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ އަމިއްލަ ތަކެތީގައި 4 ފޫޓް 6 ފޫޓްގެ ފާޙާނާ ހަދައިދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް % 80

ތަޖްރިބާއަށް % 10

މުއްދަތައް % 10

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           19  ޖުމާދަލްޢާޙިރާ  1439     

           05 ފެބުރުވަރީ    2018  

                                                        މުޙަންމަދު އަފްލާޙް

                                                     ކައުންސިލްގެ ނައިބް ރައީސް

05 ފެބުރުވަރީ 2018
ހޯދާ