ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/297/2018/2
އިޢުލާން
ވޭޖްއެމްޕްލޯއިމަންޓުގެ ދަށުން ވަގުތީ މިސްކިތު މަސައްކަތު މީހުންބޭނުންވެއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުގެ ދަށުގައިވާ ވެލިދޫ މިސްކިތުގައި ވޭޖު އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތްކުރާނެ މީހުން ބޭނުންވެއްޖެ.
* މަޤާމް: މިސްކިތު މަސައްކަތު
* ބޭނުންވާ ޢަދަދު: 3
* މަސައްކަތް ކުރާތަން:ވެލިދޫ މިސްކިތް
* މަސައްކަތްކުރުމަށް ހަމަޖެހިފައިވާގޮތް: ދުވާލަކު 5 ގަޑިއިރު
* އެލަވަންސްދިނުމަށް ހަމަޖެހިފައިވާގޮތް: މަސައްކަތްކުރާ ކޮންމެގަޑިއަކަށް -/40 ރުފިޔާ (ސާޅީސް ރުފިޔާ)
* ބޭނުންވާ މުއްދަތު: 1 އަހަރު
މަޤާމުގެ ފެންވަރު:
- 1. ލިޔަންކިޔަން، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު
- ކައުންސިލްއިދާރާއިން ނުވަތަ މިސްކިތުގެ އިމާމް ހަމަޖައްސާ އުޞޫލެއްގެމަތިން މިސްކިތުގެ މަސައްކަތްކުރުން
- ކޮންމެނަމާދުވަގުތެއްގެ 15 މިނިޓްކުރިން މިސްކިތަށްގޮސް މިސްކިތާވަޅުދޮށް އަދި އިސްކުރުބަރި ސާފްކުރުން.
- މިސްކިތްފޮޅާސާފްކޮށް ވަޅުދިޔަހިއްކާ މިސްކިތާބެހޭ ހުރިހާކަމެއްކުރުން.
- ފާޚާނާއާއި އިސްކުރުބަރިދޮވެ ސާފްކޮށް ބެލެހެއްޓުން.
- މިސްކިތުގޯތިތެރެއާއި މިސްކިތާ އިންވެގެންހުންނަމަގުތަކުގެ މިސްކިތާވީފަޅި ހަޑިވިޔަނުދީ ކުނިކެހުމާއި ވިނަނޮޅުމާއި ކުނިއުކާލުމުގެ މަސައްކަތްކުރުން.
- ރަށުކައުންސިލްއިދާރާ ނުވަތަ މިސްކިތު އިމާމް ހަމަޖައްސާ އުޞޫލެއްގެމަތިން ގަސްތައްކޮށާ ގަސްތަކަށްފެންދީހައްދާ ބެލެހެއްޓުން
- މިސްކިތުގެ ދޮރާދޮރުފަތްތަކާ ބިއްލޫރިލެވިފާހުރި ތަންތަނާ، ހޮޅިބުރި / ބޮކި ފަންކާ، ސީލިންގ، ލިޔުންފިލަޔާ، ކަބަޑުތައް ސާފްކޮށް ބެލެހެއްޓުން.
- މިސްކިތުގެ ގޯތީގެ ވަށާފާރު ދޮވެސާފްކޮށް ބެލެހެއްޓުން.
- ކޮންމެދުވަހަކު މިސްކިތަށްގޮސް ހޮޅިބުރި/ ބޮކި،ފަންކާ، ކަބަޑުތައް ފޮހެ ސާފްކުރުން. އަދި ހޮޅިބުރި / ބޮކި ފަންކާ ބޭނުންވާ ވަގުތުގައި ދިއްލާނިއްވުން.
- ރަށުކައުންސިލްއިދާރާއިން ނުވަތަ މިސްކިތު އިމާމް ހަމަޖައްސާ އުޞޫލެއްގެމަތިން މިސްކިތު ގޯތިތެރޭގެ ވިނަކޮށުމާއި ވިނަނޮޅުމާއި ސާފްކުރުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން މިސްކިތު އިމާމް މެދުވެރިކޮށް ރަށުކައުންސިލްއިދާރާއަށް އަންގަމުންދިއުން.
- މީގެއިތުރުން މިސްކިތާގުޅިގެން ކުރަން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
މީހުންހޮވުމުގައި ބަލާނެކަންތައްތައް
- ވަޒީފާގެ މަސައްކަތާގުޅޭގޮތުން ލިބިފައިވާ ހުނަރު / ތަޖުރިބާ
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން. ދުވާލަކު 5 ގަޑިއިރު މިސްކިތު މަސައްކަތްކުރަން އެޅެވޭނެ މީހަކަށްވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 ޖެނުއަރީ މަހުގެ ފަހުކޮޅުގެ ތާރީޚެއްގައި ވެލިދޫކައުންސިލްގެ އިދާރާގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 25 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
.3 ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.
28 ރަބީޢުލްއާޚިރު 1439