ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭ ހުކުރު މިސްކިތް މަސްޖިދުއް ނަޖާޙްގެ މަރާމާތު މަސައްކަތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

                                                    ނަންބަރު: IUL)412/412/2018/3) 

ކޮނޑޭ ހުކުރު މިސްކިތް މަސްޖިދުއް ނަޖާޙްގައި ހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް:

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮނޑޭ ހުކުރު މިސްކިތް މަސްޖިދުއް ނަޖާޙްގައި ހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

ބޭނުން
ތަން
ތާރީޚް
ދުވަސް
ގަޑި
މަޢުލޫމާތު ސާފްކުރެއްވުމަށް
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ
08 ފެބްރުއަރީ 2018
ބުރާސްފަތި
13:00
އަންދާސީ ހިސާބް ހުށަހެޅުއްވުމަށް
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ
15 ފެބްރުއަރީ 2018
ބުރާސްފަތި
13:00

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.  އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމާއި، އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރީ ތަކަށެވެ.

މަޢުލޫމާތު ސާފް ކުރެއްވުމަށާއި، އަންދާސީ ޙިސާބް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލުކުރައްވާނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި، ތަމްޞީލް ކުރާ ކުންފުނި، އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ވަޑައިގަންނަވާފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.

                        15  ޖުމާދަލްއޫލާ  1439

                         01   ފެބްރުއަރީ  2018

01 ފެބުރުވަރީ 2018
ހޯދާ