މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ވާރޭފެން ރައްކާކުރުމަށް ބޭނުންކުރަމުންދާ 02 ދަގަނޑު ތާނގީ ނީލަންކިއުން

ނީލަންކިއުމާއި ގުޅޭ:

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ވާރޭފެން ރައްކާކުރުމަށް ބޭނުންކުރަމުންދާ 02 ދަގަނޑު ތާނގީ ނީލަންކިއުމަށް ވަނީ ހަމަޖެހިފައެވެެ. އެހެންކަމުން މިދެންނެވި ތާނގީތަކުގެ ނީލަންކިއުން 2018 ފެބުރުވަރި 08 ވާ ބުރާސްފަތި ދުވަހުގެ 14:30 ހާއިރު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި އޮންނާނެއެވެ. އަދި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ 02 ތާނގީ ޢާއްމުކޮށް ދެއްކުން 2018 ފެބުރުވަރި 08 ދުވަހުގެ 13:30 އިން 14:25 ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ކުރިޔަށްދާނެއެވެ. އަދި މިނީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުނަމަ އަޙުމަދު މުޙައްމަދު ފޯން ނަމްބަރ 9923189 އަށް ގުޅުއްވުން އެދެމެވެ.

މިނީލަމުން މި ތާނގީތައް ނަންގަވާ ފަރާތްތަކުން ތާނގީތަކުގެ އަގު 2018 ފެބުރުވަރި 08 ވަނަ ދުވަހުގެ 16:00 ގެކުރިން ދެއްކެވުމަށްފަހު މި ތާނގީތައް ނީލަންނިމޭ ވަގުތުން ފެށިގެން 14 ދުވަސްތެރޭގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ނަންގަވާ ސާފުކުރައްވަންވާނެއެވެ. 

ވީމާ، މިކަމަށް ބައިވެރިލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނީލަމުގައި  ބައިވެރިވަޑައިގެން ދެއްވުމަކީ ފުވައްމުލަކު ޕޮލިސް ސްޓެޝަނުގެ ވަރަށް ބޮޑު އެދުމެކެވެ.

01 ފެބުރުވަރީ 2018
ހޯދާ