އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
އދ. ދިއްދޫ ސްކޫލް ގޯތީގައިހުރި ތިން ފާޚާނާ މާރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

`

 

 

 އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ސުކޫލް                              ADh. Dhidhdhoo School

      ދިއްދޫ ، ދިވެހިރާއްޖެ. Dhidhdhoo Republic of Maldives                                                                           

 

އދ. ދިއްދޫ ސްކޫލް ގޯތީގައިހުރި ތިން ފާޚާނާ މާރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

 

                                                           ނަންބަރ: GS159/IUL/2018/07

އިޢުލާން

 

            އދ. ދިއްދޫ ސްކޫލު ގޯތީގައި ހުރި ތިން ފާޚާނާ، ސްކޫލުން ދައްކާ ނަމޫނާޔާ އެއްގޮތަށް މަރާމާތު ކޮށްދޭނޭ ފާރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ GS159/2017/22 (26 ޑިސެމްބަރ 2017) ގުޅޭ.

         އެ އިޢުލާނާއި ގުޅިގެން ބިޑުހުށަހަޅާފައިވަނީ ދެފަރާތަކުން ކަމުގައިވާތީ، އެ އިޢުލާނު ބާޠީލުކޮށް އަލުންއިޢުލާނު ކުރީމެވެ. ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ފެބުރުވަރީ 2018 ވާ އަންގާރަދުވަހުގެ 10.00އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ފެބުރުވަރީ 2018 ވާ އާދީއްތަދުވަހުގެ 13.00އަށް އަންދާސީހިސާބު/ޕްރޮޕޯސަލް ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ.

         މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަނަދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ކޮންމެބޭފުޅަކަށް 01 ފަރާތުގެ ނަމުގައެވެ. ނަމަވެސް މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6680060 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަން ވާނެއެވެ.

        އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި އެހެންބޭފުޅަކު ފޮނުވިދާނެއެވެ.

15 ޖުމާދުލް އައްވަލް 1439

01  ފެބުރުވަރީ    2018  

01 ފެބުރުވަރީ 2018
ހޯދާ