މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކްގެ ވަށާފާރަށް ބޭނުންވާ ޖާލި ހަދާދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                              ނަންބަރު: IUL)321/321/2018/16)

އިޢުލާން

             ތުޅާދޫ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކުގެ ވަށާފާރަށް  ބޭނުންވާ 265 ސިމެންތި ޖާލި، މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް ހަދާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: IUL)321/321/2018/9) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެއިލާނު ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ.

 

ޕޮއިންޓް ދެވޭނެ އުޞޫލު

 

މާރކްސް ދެވޭ

ކްރައިޓީރިއާ

މާރކްސް ދެވޭ ގޮތް

ތަފްޟީލް

ފޯމިއުލާ

އަގު

90%

-        މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

(Benchmark price/submitted price) x Allocated Percentage

މުއްދަތު

05%

-        މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދޭ ފަރާތަކަށެވެ.

(Submitted Duration/Bench mark duration) x Allocated Percentage

ތަޖްރިބާ

05%

-        މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) ލިޔުންތައް ހުށަހެޅުން، އެންމެ ގިނަ މަސައްކަތްކޮށްފައިވާ ފަރާތަކީ އެންމެ ގިނަ މާރކްސް ލިބޭފަރާތްތަކުގައި ބަލައިގެންނެވެ.

(Experience marks /Bench mark experience marks) x Allocated Percentage

 

 

                 

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ފެބްރުއަރީ 04 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް ތުޅާދޫ ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުށްފަހު، 2018 ފެބްރުއަރީ 08 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6600006 ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަނީ އަމިއްލަފަރާތެއްނަމަ، ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ.

 

                13  ޖުމާދުލްޢޫލާ   1439

30 ޖަނަވަރީ 2018
ހޯދާ