މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު :1

 

 މަޤާމް:

 އެސިސްޓެންޓް ޑިރެކްޓަރ  

މަޤާމް ނަންބަރު:

J-222112

 ރޭންކް:

 އެމް.އެސް 3

 ކްލެސިފިކޭޝން:

 އެސިސްޓެންޓް ޑިރެކްޓަރ

 އޮފީސް / އިދާރާ:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ

 ސެކްޝަން:

 ކޯޕަރޭޓިވް އެފެއާޒް ސެކްޝަން

ވަޒީފާ އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ

 މުސާރަ:

 -/7,035 (ހަތްހާސް ތިރީސްފަސް ރުފިޔާ)

 ސަރވިސް އެލަވަންސް:

 -/2,000 (ދެހާސް ރުފިޔާ)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ދާއިމީ

 

 މަގާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް / ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް / ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް (ޑިޕްލޮމާއެއް) ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް (އެޑްވާންސް ޑިޕްލޮމާއެއް) ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ( ޑިގްރީ އެއް) ހާސިލްކޮށްފައި ވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 (އެޑްވާންސް ޑިޕްލޮމާ) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި

 ވާޖިބުތައް:

  1. ޒިންމާދާރުވެރިޔާގެ ލަފަޔާއި އިރުޝާދުގެ މަތިން ޙަވާލުކުރެވޭ ކައުންސިލް އިދާރާގެ ޔުނިޓްތަކުގެ އިދާރީ މަސައްކަތްތައް ރާވައި، ވަކި އިންތިޒާމެއްގެ ދަށުން ހިންގާ ބެލެހެއްޓުން
  2. ރަށު ކައުންސިލްގެ ވޯރކްޕްލޭން / މަސައްކަތު ތާވަލް ތައްޔާރުކުރުމާއި އެކަމާގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.
  3. ކައުންސިލްތަކުގެ ޕާރފޯމަންސް އިންޑެކްސް އާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.
  4. ދުރު ރާސްތާ 10 ދޯނީގެ ކަންތައް ވިލަރެސްކޮށް ބެލެހެއްޓުން
  5. ކައުންސިލުން ހިންގަން ބޭނުންވާ އެންމެހައި ޕޮރޮޖެކްޓްތައް ރާވާ ހިންގާ ބެލެހެއްޓުން
  6. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝިއަލް ޕްލޭން ތައްޔާރު ކުރުމާއި އެކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.
  7. ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޛުކުރުމަށް، ރަށުކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ޤާނޫނުގައިވާ ގޮތުގެމަތިން ތަންފީޛުކުރުން
  8. އަހަރީ ރިޕޯޓް، 6 މަހުގެ ރިޕޯޓް އަދި މާލީ ބަޔާން ނިންމަން ޖެހޭ ދުވަހަށް މުވައްޒަފުން ލައްވާ ނިންމައި ޒިންމާދާރުވެރިޔާއަށް ހުށަހެޅުން
  9. ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އިޞްލާޙްކުރުން.
  10. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލައި އެޕްރައިޒަލް ފޯމް ފުރުމުގައި ޒިންމާދާރުވެރިޔާއަށް އެހީތެރިވުން.
  11. ކައުންސިލުން ހަދާ އެކިއެކި ގަވާއިދުތަކާއި އުސޫލުތައް (ޒިންމާދާރުވެރިޔާގެ އިރުޝާދުތަކާއެކު) ހެދުމާއި އެކަމާގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.
  12. ބިމާއި ގެދޮރުގެ މައްސަލަތައް ޙައްލުކުރުމަށް ތައްޔާރު ކުރަން ޖެހޭ ރިޕޯޓް މުވައްޒަފުން ލައްވާ ތައްޔާރުކޮށް ހުށަހެޅުން
  13. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
  14. ކައުންސިލްގެ ޕްރޮކިއުމަންޓް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލަށް ހޯދަން ޖެހޭ ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ ކަންކަން ފުރިހަމަކޮށް ބެލެހެއްޓުން
  15. ކައުންސިލުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލަށް އެހީތެރިވެ އެއްބާރުލުން ދިނުން.
  16. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. އަދި ޙަވާލުކުރެވޭ މަސައްކަތްތަކުގައި ޒިންމާވުން.

 

 ވަޒީފާއަށް އެންމެ ގާބިލް    ފަރާތެއް ހޮވުމަށް ބެލޭނެ  ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު  
  2. ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން
  3. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  4. އިންޓަރވިއު / ލިބިފައިވާ ހުނަރު

 

 އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޓެސްޓް، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 30 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެ އެވެ.

 ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެ އެވެ.

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް އައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެ އެވެ. 

 މަގާމަށް އެދެންވީ ގޮތާއި،  ސުންގަނޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2018  ފެބްރުއަރީ 13 ވާ އަންގާރަދުވަހު މެންދުރު 14:00 އެވެ.ފޯމު ހުށަހަޅާނީ، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ އަށެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 އުޖޫރަ އާއި އިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް އަނގޮޅިތީމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފއިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެފަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުއްޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

7. ވަޒީފާ އަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

8. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ) (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6580071 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. މެއިލް ކުރައްވާނަމަ، މެއިލް ކުރައްވާނީ، [email protected] އަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

12 ޖުމާދުލްޢޫލާ  1439

29  ޖެނުއަރީ  2018

30 ޖަނަވަރީ 2018
ހޯދާ