ދިވެހިރާއްޖެ
އިޢުލާން
ރައްވެހިގެ ޢިމާރާތްހުރި ކޮށިން ވިޔަފާރީގެ ބޭނުންތަކަށް ބިންދޫކުރުމަށް
މިކައުންސިލުގެ ނަންބަރު: IUL)284-PR/284/2018/4) އިޢުލާން ބާތިލްކޮށް، އަލުން މިކައުންސިލުގެ ބެލުމުގެދަށުގައިވާ ރައްވެހިގެ ޢިމާރާތްހުރި ކޮށިން (46 ނަންބަރު ކޮށި) ވިޔަފާރީގެ ބޭނުންތަކަށް ބިންދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
05 ފެބްރުއަރީ 2018 |
ހޯމަ |
މެންދުރުފަހު 1:00 |
ޕްރޮޕޯސަލް ހުށަހެޅުން |
08 ފެބްރުއަރީ 2018 |
ބުރާސްފަތި |
މެންދުރުފަހު 1:00 |
މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލްހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
13 ރަބީޢުލްއައްވަލް 1439
30 ޖެނުއަރީ 2018