މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑިކެމްގެ ވަޒީފާއަށް މީހަކު ހޯދުމަށް

 

އިޢުލާން

މަގާމް

އެޑިކެމް

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ މަހަކު

-/9,000 ރުފިޔާ

އިތުރު އިނާޔަތް: ނިކުންނަ ކޮންމެ ދުވަހަކު -/50 ރުފިޔާ

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ  "އިސްލާމިކް ސްޓޫޑީއޯ"

މަގާމުގެ ޝަރުތު

ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

 

  1. މި މިނިސްޓްރީން ހިންގުމަށް ރާވާ އިވެންޓްތަކާއި، ޓީވީ ޕްރޮގްރާމްތައް ކެމެރާކުރުން.
  2. ޝޫޓިންގ ތަކުގައި ނެގޭ ވީޑިއޯ ތަކާއި، އޯޑިއޯތައް މި މިނިސްޓްރީން އަންގާ ގޮތަށް ރައްކާކޮށް އާކައިވް ކުރުން.
  3. ވީޑިއޯ އެޑިޓްކޮށް، ތައްޔާރުކޮށް ނިންމަންޖެހޭ ދުވަސްތަކަށް ނިންމުން.
  4. މި މިނިސްޓްރީން ބާއްވާ އިވެންޓްތަކާއި، ހަރަކާތްތަކުގައި ސައުންޑް، ލައިޓިން، ޕްރޮޖެކްޝަން، ފޮޓޯ، އަދި ވީޑިއޯ އަށް ސެޓަޕް ހެދުން.
  5. މަސައްކަތް ކުރުމުގައި ބޭނުންކުރާ އާލާތްތައް މަރާމާތުކޮށް ބެލެހެއްޓުން.
  6. ސްޓޫޑިއޯގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ތަކެތިހޯދުމަށް ހަމަޖެހިފައިވާ އުސޫލުން ތަކެތި ހޯދުން.
  7. ހަވާލު ކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

   8.  އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކޮށްދިނުމާއި ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާނޭ އުފެއްދުންތެރި ޚިޔާލުދިނުމާއި، މި މިނިސްޓްރީއިން ބޭނުންވާ ޑިޒައިނިންގ ތައްޔާރުކޮށްދިނުން.

9. މަތީގައި ދެންނެވިފައިވާ މަސައްކަތުގެ އިތުރުން ދާއިރާއާ ގުޅޭގޮތުން އޮފީހުން އަންގާ ކަންކަން ކުރުން

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމް / މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.

 

ސުންގަޑި

 

  • 2018 ފެބުރުއަރ 12 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް             ( އިސްލާމީ މަރުކަޒު )

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232.3020287 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

12 ރަބީޢުލް އޫލާ 1439

29 ޖަނަވަރީ 2018
ހޯދާ