ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު :                  ޑްރައިވަރ        

މަޤާމުގެ ނަމްބަރު:            J-233511

ސަރވިސް:                 ސަޕޯޓް ސަރވިސް

ރޭންކް :                   އެސް. އެސް 2  

ބޭނުންވާ ޢަދަދު :             1 (އެކެއް)   

ކްލެސިފިކޭޝަން :            ސަޕޯޓް ސްޓާފް  ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭތަން :  ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލް އިދާރާ

މަޤާމުގެ ގިންތި:             ދާއިމީ

މަޤާމުގެ މުސާރަ:             މަހަކު     3470.00  ރުފިޔާ

ސަރވިސް އެލަވަންސް :        މަހަކު     1000.00 ރުފިޔާ

އިރުރު ޢިނާޔްތްތައް:      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓިރިބިއުޝަން.

                  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެފައިސާ.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

1-      މިއިދާރާގެ ބޭނުންތަކަށް ރަސްމީ ގަނޑިތަކާއި، ނުރަސްމީ ގަޑިތަކުގައި މިއިދާގެ ވެހިކަލްތައް ދުއްވުން.

2-      ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ އެކި ސަރަޙައްދު ތަކުގައި މަސައްކަތްކުރާ ތަންތަނަށް ބޭނުންވާ ސާމާނު ގެންގޮސްދިނުމާއި، ރަށުތެރޭގެ އެކި ސަރަޙައްދު ތަކުގައި ހުންނަ ޑަސްބިން އުކުމުގެ މަސައްކަތް ކުރުން.

3-       ވެހިކަލް ސްޓާޓް ކުރުމުގެ ކުރީން އަޑީތެޔޮ އަދި ފެންހުރިތޯ ބަލައި ޗެކްކުރުމާއި، ވެހިކަލަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެކަމެއް ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރގައި ހުންނަ އިސް މުވައްޒަފަކަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.

4-      ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ އިސްކޮށް ހުންނަ ވެރިޔަކު ދައްކާ އެއްމެހާ މަސައްކަތް ކުރުން.

5-      ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކުނިކޮށީގައި ކުރަންޖެހޭ ޑްރައިވަރެއްގެ އެއްމެހާ މަސައްކަތެއް ކުރުން.

6-      ޑްރައިވަރުގެ ބަލަހައްޓަމުންދާ ވެހިކަލް ސާފްކޮށް ބަލަހައްޓަށް ޖެހޭ އުޞޫލާއި އެއްގޮތަށް ސާފްކޮށް ބެލެހެއްޓުން.

7-      ކައުންސިލުން ރަށުގެ ރައްޔިތުންނަށްދޭ ޢާންމު ޚިދުމަތްތައް ދިނުމުގައި ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދިނުން.

 މަޤާމުގެ ޝަރުތުތައް:

1- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް /ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްކޮށްފައިވުން.

3- ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސައްކަތުގައި ގިނަވަގުތު އުޅެވޭ ހީވާގި 55 އަހަރު ނުފުރޭ ފިރިހެނުންނަށް އިސްކަންދެވޭނެއެވެ. މި މަޤާމަށް ޝަރުތު ފުރިހަމަވާ މީހަކު ނުލިބެއްޖެނަމަ ކޮންޓެކްޓް އުސޫލުން މިމަސައްކަތް ކުރާނޭ މީހަކުވެސް ބޭނުންވެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ގއ.ވިލިނގިލީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މ އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ފެބްރުއަރީ 2018 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން، ގއ.ވިލިނގިލީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ،  07 ފެބްރުއަރީ 2018  އާއި 21 ފެބްރުއަރީ 2018   އާ ދެމެދު، ގއ.ވިލިނގިލީ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 30  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 %30 (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820027 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

28 ޖަނަވަރީ 2018
ހޯދާ