ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1- މަޤާމުގެ ނަމާއި ރޭންކާއި ކުލެސިފިކޭޝަން:

މަޤާމުގެ ނަން:

މަސައްކަތު

ބޭނުންވާ ޢަދަދު:

01 

2- މުސާރަ އާއި އިނާޔަތްތައް:

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އިތުރުގަޑީގެ ފައިސާގގޮތުގައި މުސާރައިގެ %30 އަށް ވުރެ އިތުރު ނުވާގޮތަށް ދެވޭނެއެވެ.
  • މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ. 

3- މަޤާމު އޮތް އޮފީސް:

މަޤާމު އޮތް އޮފީސް / އިދާރާ:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކައުންސިލް ތެޔޮފިހާރަ ، މީރުފެން އިމާރާތް

4- މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާސާ:

  • ތެޔޮފިހާރައާއި ތެޔޮފިހާރައާއި ގުޅުންހުރި ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި ކުނި އުކުމުގެ މަސައްކަތްކުރުން.
  • ތެޔޮވިއްކުމާއި ތެޔޮއެޅުމުގެ އަމަލީ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.
  • " މީރުފެން " އިމާރާތާއި އިމާރާތާއި ގުޅުންހުރި ތަންތަން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި  ކުނި އުކުމުގެ މަސައްކަތްކުރުން.
  • " މީރުފެން " އިމާރާތުން ފެންވިއްކުމާއި ފެން އެޅުމުގެ އަމަލީ މަސައްކަތް ކުރުން.
  • ކައުންސިލުން އިޖުތިމާޢީ ގޮތުން ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  • ކައުންސިލްގެ އިދާރާއިން އަންގާ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުން.
  • ކައުންސިލުން ރާވާ ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

5- މަޤާމުގެ ޝަރުތުތައް:

  • ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

6- ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

   - ތަޢުލީމާއި ތަމްރީން  ، ތަޖުރިބާ  އަދި ހުނަރަށް

7- މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައި ވަނީ، 31 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގައެވެ. އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ގަޑި، ލިޔުމަކުން އެންގޭނެއެވެ.

8- މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

30 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން، މާވަށު ކައުންސިލް އިދާރާއިން ދޫކުރާ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއިއެކު ހުށަހަޅަށްޖެހޭ ލިޔުންތައް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ސުންގަނޑި ހަމަވުމުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް އަދި ލިޔުމެއް ބަލައެއް ނުގަނެވޭނެއެވެ.

9- ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިންނެވެ. )

2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. ( ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)

3- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ރަސްމީ ލިޔުން.

6- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ރަސްމީ ލިޔުންތައް.

7- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

8- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /  ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

10- އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، އަމަލުކުރަންވީގޮތް:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800718 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

25 ޖަނަވަރީ 2018
ހޯދާ