ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ހުޅުމާލެ މަސްޖިދުލް ޢަޒީޒާ މޫސާ ގައި ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށްޓަކައި ޚާއްޞަ ކްލާސްތަކެއް ފެށުމަށް

އިޢުލާން

 

    ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ފަރާތުން ހުޅުމާލެ މަސްޖިދުލް ޢަޒީޒާ މޫސާ ގައި ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށްޓަކައި ޚާއްޞަ ކްލާސްތަކެއް ފެށުމަށްވަނީ ހަމަޖެހިފައެވެ.

މި ކުލާސްތަކުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ އަންނަނިވި ޝަރުޠުތައްފުރިހަމަވާ ފަރާތްތަކެވެ.

ޝަރުތު:      1- ކީރިތި ޤުރުއާން ފަރިތަކޮށް ކިޔަވަން އެނގުން.

            2- މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވުން.

    ވީމާ، ކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް 2018 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރުކަޒުންނާއި މަރްކަޒުގެ ހުޅުމާލޭ ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2018 ފެބުރުވަރީ 1 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ހުށަހެޅުން އެދެމެވެ.

25 ޖަނަވަރީ 2018
ހޯދާ