ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ހިންގައިދޭނެފަރާތެއް ހޯދުން

ސަރުކާރުގެ ޕްރީސްކޫލް ހިންގުމުގެ ސިޔާސަތަށް ގެނައި ބަދަލާއިގުޅިގެން ޕްރިސްކޫލްގެ އެލްކޭޖީ އަދި ޔޫކޭޖީގެ ގްރޭޑް ރަސްމީތަޢުލީމުގެ އޮނިގަނޑުގެތެރޭގައި ހިމެނިފައިވީނަމަވެސް، ނާސަރި އަދި ބޭބީ ނާސަރީގެ ކްލާސްތައް ރަސްމީ ތަޢުލީމުގެ ތެރޭގައި ހިމެނިފައިނުވާތީވެ، ނާސަރި އަދި ބޭބި ނާސަރީގެ ކްލާސްތައް ހިމަނައިގެން ޕްރީސްކޫލެއް ހިންގައިދޭނެފަރާތެއް ހޯދުމަށްބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ޕްރޮޕޯސަލް ހުށަހެޅުން

2018 ޖަނަވަރީ 31 (ބުދަ) ދުވަހުގެ 11:00 އަށް.

2018 ފެބުރުއަރީ 06 (އަންގާރަ) ދުވަހުގެ 11:00 އަށް.

 

 

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިއުމަކާއެކުގައެވެ. ކުންފުންޏެއް، ކުލަބު ނުވަތަ ޖަމިއްޔާއެއްނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތަކާއި އީމެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ ހުށައަޅާ ޕްރޮޕޯސަލްތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖަނަވަރީ 2018
ހޯދާ