މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޓޯކަން ދޫކުރާ ގަޑި ބަދަލުވުން

އިޢްލާން

ޓޯކަން ދޫކުރާ ގަޑި ބަދަލު ކުރުން

28 ޖެނުއަރީ 2018 ވާ އާދީއްތަ ދުވަހުން ފެށިގެން މިމިނިސްޓްރީގެ ކައުންޓަރުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޚިދުމަތުގެ ޓޯކަން ދޫކުރުން ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން 11:00 އަށެވެ. މިނިސްޓްރީގެ ކައުންޓަރުގެ ޚިދުމަތް ފެށޭގަޑިއަކީ ހެނދުނު 8:00 ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި، QueueBee މެދުވެރިކޮށް، އިސްވެ ދެންނެވުނު ވަގުތުތަކުގައި އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިގޮތަށް ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނެވުނުކަމުގައިވިޔަސް މިނިސްޓްރީން ދެވޭ ޚިދުމަތްތަކަށް ކްލަޔަންޓް ޗަރޓަރގައި ބަޔާންކުރެވިފައިވާ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  

25 ޖަނަވަރީ 2018
ހޯދާ